logo
MPL

MPL

ޚަބަރު

ޤައުމީ އެއާލައިން މޯލްޑިވިއަން އަށް ތާރީޚީ ދުވަހެއް، ފަސްވަނަ އޭ.ޓީ.އާރު ބޯޓު ރާއްޖެ ގެނެސްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
7 ޖޫން 2025 - 14:47
ޤައުމީ އެއާލައިނަށް ތާރީޚީ ދުވަހެއް، ފަސްވަނަ އޭ.ޓީ.އާރު ބޯޓު ރާއްޖެ ގެނެސްފި

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރާ އޭޓީއާރު މަރުކާގެ ފަސްވަނަ ބޯޓު މިއަދު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސައިފިއެވެ.

މި ބޯޓަކީ 18 މިލިއަން ޑޮލަރުގެ އަގުހުރި އޭޓީއާރު 600-42 މަރުކާގެ ބޯޓެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވިއަންއިން މި މަހުގެ 5 ވަނަ ދުވަހު ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި ބޯޓު ފްރާންސްގެ ޓޫލޫޒްއިން ރާއްޖެއަށް ދަތުރު ފަށައި، އެ ދަތުރުގައި ގްރީސްގެ ހެރަކްލިއަން އާއި އިތުރު ދެ މަންޒިލަކަށް ޖައްސާފައިވެއެވެ. ރާއްޖެ އަންނަން ބޯޓު ފުރީ އޮމާންގެ މަސްކަޓުންނެވެ.

މި އައު ބޯޓާއެކު މޯލްޑިވިއަންގެ ފްލީޓުގައި މިހާރު ޖުމްލަ ފަސް އޭޓީއާރު ބޯޓު ހިމެނެއެވެ. މީގެ ކުރިން، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު އޭޓީއާރު-72ގެ ދެ ބޯޓާއި، އޭޕްރީލް މަހު އޭޓީއާރު-42 ބޯޓަކާއި، 2022 ވަނަ އަހަރުގެ މެއި މަހު އޭޓީއާރު-42ގެ ބޯޓެއް ގެނެސްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިޝަންގައި ހިމެނޭ މުހިންމު ކަމެއްގެ ގޮތުގައި މި ބޯޓު ގެނައުން ފާހަގަކުރެވެއެވެ. މިއީ ޤައުމީ އެއަރލައިންގެ ޚިދުމަތް ފުޅާކޮށް، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ މުހިންމު ފިޔަވަޅެކެވެ.

މޯލްޑިވިއަންގެ ފްލީޓުގައި 25 މަތިންދާބޯޓެއް ހިމެނެއެވެ. މީގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓަކާއި، އޭޓީއާރު މަރުކާގެ ހަތަރު މަތިންދާބޯޓަކާއި، ޑޭޝް 8 މަރުކާގެ 9 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލަގްޒަރީ ދަތުރުތަކަށް ހާއްސަކޮށްގެން މޯލްޑިވިއަނުން "ކިންގް އެއާ 360" ބޯޓެއްވިޔަފާރި | 8 ދުވަސް ކުރިންމޯލްޑިވިއަނުން ޖިއްދާ ދަތުރުތައް މެދުކަނޑާލުމާ ގުޅިގެން ޙައްޖު ކޯޕަރޭޝަންގެ ނޮވެމްބަރު އުމްރާ ދަތުރު ފަސްކޮށްފިޚަބަރު | 12 ދުވަސް ކުރިންމޯލްޑިވިއަންގެ އޮފީހެއް ޗައިނާގައި ހުޅުވައިފިވިޔަފާރި | 14 ދުވަސް ކުރިންމޯލްޑިވިއަނުން ކުޑަހުވަދޫ އަށް ޝެޑިއުލް ދަތުރުތައް ފަށައިފިވިޔަފާރި | 2 މަސް ކުރިން