logoEN
ޚަބަރު

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ މަހު 98 ޕްރައިވެޓް ޖެޓް ޖެއްސި

މުހައްމަދު މޫސާމުހައްމަދު މޫސާ

18 ޖެނުއަރީ 2025 - 05:19

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ މަހު އެކަނި ވެސް 98 ޕްރައިވެޓް ޖެޓް ޖައްސާފައިވާކަމަށް އެ އެއާޕޯޓު ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުން ހާމަކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުން މިކަން ހާމަކުރަމުން ބުނެފައިވަނީ، ޗުއްޓީ ދަތުރުތައް ފެށުމުގެ ކުރިން ރަންވޭ ފުޅާކުރުމުގެ މަޝްރޫއު ނިންމާލެވުމާ ގުޅިގެން، އެއާޕޯޓުން ދޭ ޚިދުމަތްތައް އިތުރަށް ފުޅާވެގެން ގޮސްފައިވާ ކަމަށެވެ. އަދި މި ލިބިފައިވާ ކުރިއެރުންތަކަކީ އާ ގޮތްތަކާއި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދިނުމަށް އެއާޕޯޓުގެ މުވައްޒަފުން ކުރާ މަސައްކަތުގެ ނަތީޖާ ކަމުގައި އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ނ، ރ އަދި ބ އަތޮޅުގައި ހިންގަމުންދާ މަތީފަންތީގެ ގިނަ ރިސޯޓުތަކަށް ޖެޓުތަކުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން ބޭނުންކުރާ މައި އެއާޕޯޓެވެ.

މި އެއާޕޯޓުގެ ޚިދުމަތްތައް ފުޅާވެގެން ދިއުމާއެކު، އުތުރުގެ އަތޮޅުތަކުގެ ޓޫރިޒަމް ސިނާއަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި ތަރައްޤީތަކާއެކު، މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ކުރިއަށް އޮތް ތަނުގައި އިތުރު ޖެޓްތަކެއް އެ އެއާޕޯޓަށް ޖެއްސޭނެ ކަމަށް އުއްމީދު ކުރެވެއެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް މިހާ ގިނަ ޖެޓް ޖައްސާފައި މިވަނީ އާ އަހަރުގެ ބަންދާވެސް ދިމާވާ ދުވަސްވަރުއެވެ.

ކޮމެންޓް

871x217_placeholder