logo
Bank of Maldives

Bank of Maldives

ޚަބަރު

މާފަރު އެއަރޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ބައި ހުޅުވައި ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
20 ޑިސެމްބަރު 2025 - 19:06
މާފަރު އެއާޕޯޓްގެ އޭޕްރަން ބޮޑުކުރިބައި ބޭނުންކުރަން ފެށުން، ފޮޓޯ: މޯލްޑިވިއަން
މާފަރު އެއާޕޯޓްގެ އޭޕްރަން ބޮޑުކުރިބައި ބޭނުންކުރަން ފެށުން، ފޮޓޯ: މޯލްޑިވިއަން

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ސަރަޙައްދު ހުޅުވާ، އެއަރޕޯޓުގެ ޓަރމިނަލްގެ ޖާގަ އިތުރު ކުރުމަށްޓަކައި ދެ ފަންގިފިލައިގެ ޢިމާރާތެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބިންގާ އަޅައިފިއެވެ.

މިއީ މާފަރު އެއަރޕޯޓުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ދަތުރުފަތުރުގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހޮނިހިރު ދުވަހު ވަނީ، މިއަހަރުގެ ފަތުރުވެރިކަމުގެ ހައި ސީޒަނާ ދިމާކޮށް، މާފަރު އެއަރޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ސަރަޙައްދު ހުޅުވާލާފައެވެ. އައިލެންޑް އެވިއޭޝަނުން ވިދާޅުވީ، އަލަށް ހުޅުވި މިބަޔާއިއެކު މިހާރު މާފަރު އެއަރޕޯޓުގައި އެއްފަހަރާ 35 ފްލައިޓު ޕާކު ކުރެވޭނެ ކަމަށެވެ. މިއީ އެއަރޕޯޓުގެ ޤާބިލުކަން ވަރަށް ބޮޑަށް އިތުރުކޮށްދޭނެ ކަމެކެވެ.

މީގެއިތުރުން، މާފަރު އެއަރޕޯޓުގެ ޓަރމިނަލްއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ގެނައުމަށްޓަކައި، އިތުރު ޓަރމިނަލް ޢިމާރާތެއް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ބިންގާވެސް ވަނީ އަޅާފައެވެ. ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެން ދެ ފަންގިފިލައަށް ތަރައްޤީ ކުރާ މިޢިމާރާތުގައި 12000 އަކަފޫޓޫ ހުންނާނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އައިލެންޑް އެވިއޭޝަނުން ވިދާޅުވާ ގޮތުގައި، މިޢިމާރާތާއެކު އިތުރު ލައުންޖުތަކާއި އަދި އޮފީސް ޢިމާރާތް އިތުރަށް ފުރިހަމަކޮށް، އެއަރޕޯޓުން ދެވޭ ޚިދުމަތް މިހާރަށްވުރެ ފުޅާކުރެވޭނެއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ، އައިލެންޑް އޭވިއޭޝަން ސަރވިސްގެ ދަށުން ޚިދުމަތްދެމުން އަންނަ އެއަރޕޯޓެއް ކަމަށާއި، އަދި ރާއްޖޭގައި ދެވަނައަށް އެންމެ ގިނައިން ބައިނަލްއަޤުވާމީ އެއަރލައިންތަކަށް ޚިދުމަތްދެމުންދާ އެއަރޕޯޓުވެސް މެއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތް ކުރިއަށް އޮތް 10 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.

މި މަސައްކަތް ނިމުމުން އެއަރޕޯޓުގެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް މަތިވެ، ލޯކަލް އަދި ބައިނަލްއަޤުވާމީ ދަތުރުފަތުރުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާފަރު އެއަރޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ބައި ހުޅުވައި ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންމޯލްޑިވިއަންއަށް ކެބިން ކްރޫއިން ހޯދަން އިއުލާން ކޮށްފިޚަބަރު | 24 ދުވަސް ކުރިންދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރަނީޚަބަރު | 2 މަސް ކުރިންމާފަރު އެއަރޕޯޓުގެ މަސައްކަތް ނިންމާ، ރަސްމީކޮށް ޚިދުމަތް ފަށައިފިޚަބަރު | 5 މަސް ކުރިން