logo
Bank of Maldives

Bank of Maldives

ޚަބަރު

މޯލްޑިވިއަންއަށް ކެބިން ކްރޫއިން ހޯދަން އިއުލާން ކޮށްފި

އައިޝަތު ނަޝާ
27 ނޮވެމްބަރު 2025 - 06:03
މޯލްޑިވިއަންއަށް ކެބިން ކްރޫއިން ހޯދަން އިއުލާން ކޮށްފި

ގައުމީ އެއާލައިން، މޯލްޑިވިއަންއަށް ކެބިން ކްރޫއިން ހޯދަން އަންނަ މަހު ވޯކްއިން އިންޓަވިއުއެއް ބާއްވަން އައިލެންޑް އޭވިއޭޝަންއިން ނިންމައިފިއެވެ.

އެ އިންޓަވިއު އޮންނާނީ އަންނަ މަހު 10 ވަނަ ދުވަހުގެ ހެނދުނު 09:30 އިން 14:30ގެ ނިޔަލަށް އެސްޓީއޯ ސެންޓަރުގެ ހަތަރު ވަނަ ފަންގިފިލާގައެވެ.އިއުލާނުގައި ވާގޮތުން އިންޓަވިއުއަކީ ވޯލްކް-އިން އިންޓަވިއުއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވިއަންއިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ އެ ވަޒީފާއަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކެއް ވެސް އެ ކަނޑައަޅާފައެވެ.އެގޮތުން، އެ މީހަކީ، 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށް ވާން ޖެހޭއިރު، އިނގިރޭސިންނާއި ދިވެހި ބަހުން ރަނގަޅަށް ވާހަކަދައްކަން އިނގެން ޖެހެއެވެ.

މީގެއިތުރުން ކެބިން ކްރޫއަކަށް ކުރިމަތިލާ މީހަކީ، އޯލެވެލް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް އޮންނަ މީހަކަށް ވާން ޖެހޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ. އަދި، އެ މީހަކީ، ސިއްހަތު ރަނގަޅު ދުޅަހެޔޮ މީހަކަށް ވެސް ޖެހެއެވެ.އޭގެ އިތުރަށް، މި މަގާމަށް ކުރިމަތިލާ ދެ ޖިންސުގެ މީހުންގެ އިސްކޮޅުން ވަކި ދިގު މިނެއް ހުންނަން ޖެހެއެވެ. އެގޮތުން، ފިރިހެނެއްގެ ނަމަ، އިސްކޮޅުގައި މަދުވެގެން ފަސް ފޫޓު، ހަތަރު އިންޗި ހުންނަންވާނެއެވެ. އަންހެނުންގެ ހުންނަން ޖެހެނީ، ފަސް ފޫޓު، ދެ އިންޗިއެވެ.

މީގެ އިތުރުން ވެސް އައިލެންޑް އޭވިއޭޝަނުން ވަނީ ވަޒީފާގެ ފުރުސަތުތަކަށް ހުޅުވާލާފަ އެވެ. އޭގެ ތެރޭގައި،ޑިސްޓްރިބިއުޝަން އެންޑް އީ-ކޮމާސް ލީޑް، ނެޓްވޯކް ޕްލޭނިން އެންޑް ޝެޑިއުލިން ލީޑް، ޖެނެރަލް މެނޭޖަރު (ސޭފްޓީ، ސެކިއުރިޓީ އެންޑް ކޮމްޕްލިއަންސް) އަދި ރިޒަވޭޝަން އެންޑް ޓިކެޓިން އެޖެންޓް ގެ އިތުރުން ޖެނެރަލް މެނޭޖަރު (ގްރައުންޑް އޮޕަރޭޝަންސް - ސީޕްލޭން) ހިމެނެއެވެ.

އައިލެންޑް އޭވިއޭޝަނުން ދަނީ އެ ކުންފުނިން ކުރިން ބޭނުން ކުރަމުން އަންނަ ޑޭޝް 8 މަރުކާގެ ބޯޓުތަކުގެ ބަދަލުގައި އޭޓީއާރުގެ އެއާކްރާފްޓުތައް ގެންނަމުންނެވެ. ނިމިދިޔަ އަހަރު އެ ކުންފުނިން ވަނީ އޭ 330 މަރުކާގެ ބޯޓެއް ވެސް ގެނެސްފަ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާފަރު އެއަރޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ބައި ހުޅުވައި ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންމޯލްޑިވިއަންއަށް ކެބިން ކްރޫއިން ހޯދަން އިއުލާން ކޮށްފިޚަބަރު | 24 ދުވަސް ކުރިންދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރަނީޚަބަރު | 2 މަސް ކުރިންމާދަމާއިން ފެށިގެން މޯލްޑިވިއަންގެ ފްލައިޓުތަކުގައި ޕަވަ ބޭންކް ބޭނުންކުރުން މަނާވާނެޚަބަރު | 6 މަސް ކުރިން