logoEN
ޚަބަރު

މާވަށަށް 800 ކިލޯ ވޯޓުގެ އިންޖީނެއް ގެންގޮސްފި

އާމިނަތު ސަފާއާމިނަތު ސަފާ

06 އޭޕްރީލު 2025 - 06:13

އަތޮޅުތެރެއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ލ. މާވަށަށް 800 ކިލޯ ވޯޓުގެ އިންޖީނެއް ގެންގޮސްފިއެވެ.

މިކަމާ ގުޅިގެން ފެނަކައިން ބުނީ އެ ރަށަށް އާ އިންޖީނެއް ގެންދިޔައީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ.

އާ އިންޖީނު އިންސްޓޯލްކުރުމުގެ މަސައްކަތް ފަށާފައިވާއިރު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ޚިދުމަތަށް ބޭނުން ކުރެވޭނެކަމަށް ލަފާކުރެވޭކަމަށް ފެނަކައިން މައޫލޫމާތުދެއެވެ.

އަތޮޅުތެރެއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީއަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް އެ ސިޓީއަށްވެސް ވަނީ އިތުރު ޖަނަރޭޓަރެއް ފޮނުވާފައެވެ.

ކޮމެންޓް

871x217_placeholder