logoEN
ކުޅިވަރު

ޓައިޓަލް ރޭހުގައި އާރސެނަލް ދަނީ ފަހަތަށް

ރޭގެ މެޗުގައި ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: އާރސެނަލް

ރޭގެ މެޗުގައި ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: އާރސެނަލް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

06 އޭޕްރީލު 2025 - 08:21

އިނގިރޭސި ޕްރިމިއަރ ލީގުގެ ދެވަނައިގައި އޮތް އާސެނަލް އާއި އެވަޓަން އެއްވަރުވުމާއެކު، ލީގު ޓައިޓަލް ހޯދުމަށް އާސެނަލް ކުރަމުންދާ މަސައްކަތަށް ހީނަރުކަމެއް ލިބިއްޖެއެވެ. ގުޑިސަން ޕާކުގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު އާސެނަލް އަށް މިހާތަނަށް ކުޅުނު 31 މެޗުން ލިބިފައިވަނީ 62 ޕޮއިންޓެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް އެއް މެޗު މަދުން ކުޅެ 73 ޕޮއިންޓް ލިބިފައިވާއިރު، ދެ ޓީމުގެ ދެމެދުގައިވާ 11 ޕޮއިންޓުގެ ފަރަގަކީ ޓައިޓަލް ރޭހުގައި އާސެނަލް އަށް ލިބުނު ބޮޑު ނުތަނަވަސްކަމެކެވެ.

މެޗުގެ ފުރަތަމަ ލަނޑު 34 ވަނަ މިނެޓުގައި އާސެނަލް އަށް ޖަހައިދިނީ ރަހީމް ސްޓާލިންގ ދިން ޕާހަކުން ލިއަންދްރޯ ޓްރޮސާޑެވެ. ނަމަވެސް ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި އާސެނަލްގެ މައިލްސް ލެވިސް-ސްކެލީ އެވަޓަންގެ ޖެކް ހެރިސަން އަށް ފައުލްކުރުމުން ލިބުނު ޕެނަލްޓީއަކުން އިލިމަން އެންޑިއާއޭ ވަނީ އެވަޓަން އަށް އެއްވަރުކޮށްދީފައެވެ.

މި މެޗުގައި އާސެނަލް އިން ވަނީ ކުޅުން ޑޮމިނޭޓްކޮށް، އިދިކޮޅު ޓީމުގެ ގޯލަށް ގިނަ ހަމަލަތަކެއް ފޮނުވާލާފައެވެ. ނަމަވެސް އެވަޓަންގެ ކީޕަރު ޕިކްފޯޑްގެ ފަރާތުން ފެނުނު މޮޅު ކުޅުމާއެކު އާސެނަލް އަށް އިތުރު ލަނޑެއް ނުޖެހުނެވެ.

ރޭގައި އިނގިރޭސި ލީގުގެ އެހެން މެޗުތަކަށްބަލާއިރު އެސްޓަން ވިލާ އިން ނޮޓިންހަމް ފޮރެސްޓް 2-1 އިން ބަލިކޮށް، 51 ޕޮއިންޓާއެކު ތާވަލުގެ ހަވަނަ މަގާމަށް އަރައިފިއެވެ. މި މެޗާއެކު ނޮޓިންހަމް ފޮރެސްޓް އޮތީ 57 ޕޮއިންޓާއެކު ތިންވަނައިގައެވެ.

ކޮމެންޓް

871x217_placeholder