logoEN
ކުޅިވަރު

މެޑްރިޑުގެ ލަލީގާ ހުވަފެން ފަނޑުވެއްޖެ: ވެލެންސިއާއިން އެންމެ ފަހު ސިކުންތުގައި މޮޅުވެއްޖެ

ރޭގެ މެޗުގައި އެމްބާއްޕޭއަށް ގޯލުޖަހާނެ ގިނަފުރުސަތުތަކެއް ލިބިފައިވޭ. ފޮޓޯ: ރެއާލް މެޑްރިޑް

ރޭގެ މެޗުގައި އެމްބާއްޕޭއަށް ގޯލުޖަހާނެ ގިނަފުރުސަތުތަކެއް ލިބިފައިވޭ. ފޮޓޯ: ރެއާލް މެޑްރިޑް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

06 އޭޕްރީލު 2025 - 08:28

ސްޕެނިޝް ލަލީގާގައި ރޭގައި ރެލިގޭޝަން ޒޯނުގައި އޮތް ވެލެންސިއާ އަތުން އަމިއްލަ ދަނޑުގައި ބަލިވެ ލަލީގާ ކާމިޔާބުކުރުމުގެ ހުވަފެން ބިލާހަކަށް ވާން ކައިރިވެއްޖެއެވެ. ރެއާލް މެޑްރިޑް އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ވެލެންސިއާއިން ކާމިޔާބުކުރީ 2-1 އިންނެވެ. މި ބަލިވުމާއެކު ބާސެލޯނާއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ވަނީ ހަތަރު ޕޮއިންޓަށް އިތުރުވެފައެވެ.

މިމެޗުގެ 13 ވަނަ މިނެޓުގައި ރެއާލް މެޑްރިޑްއަށް ލިބުނު ޕެނަލްޓީއެއް ވިނީސިއުސް އަށް ނާކާމިޔާބުވުމުގެ ނަތީޖާއަކަށްވީ އޭގެ ދެމިނެޓުފަހުން ވެލެންސިއާއިން ލީޑުނެގުމެވެ. ވެލެންސިއާގެ ފުރަތަމަ ލަނޑު ޖެހީ މުކްތާރު ޑިއަހާބީއެވެ. ރޭގެ މެޗުގައި ވިނީސިއުސް އަށް ޕެނަލްޓީ ނާކާމިޔާބުވުމާއެކު، އެންމެފަހުން ވިނީ ޖެހި ދެޕެނަލްޓީވެސް ވަނީ ނާކާމިޔާބުވެފައެވެ.

މެޗުގައި ގިނަވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން މެޑްރިޑުން މޮޅަށް ކުޅުނުނަމަވެސް ވެލެންސިއާގެ ގޯލާއި އަމާޒުކޮށް މާގިނަ ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެއެވެ،

ދެވަނަ ހާފުގެ ފެށުނުތާ ފަސް މިނެޓުގައި ލިބުނު ކޯނަރެއް ޖޫޑް ބެލިންހަމްގެ ބޮލުގައި ޖެހިފައި ވިނިސިއުސް އަށް ލިބުނު ބޯޅައަކުން ގޯލުޖަހައި މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުގައި ހޫގޯ ޑޫރޯ ޖެހި ލަނޑުން ވެލެންސިއާއިން ވަނީ މެޗް ކާމިޔާބުކޮށްފައެވެ.

މި މެޗާއެކު ރެއާލް މެޑްރިޑަށް ވަނީ 30 މެޗުން 63 ޕޮއިންޓް ލިބިފައެވެ. ރެއާލް މެޑްރިޑް މި ވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ.

ކޮމެންޓް

871x217_placeholder