logoEN
ކުޅިވަރު

ބެޓިސްއާ އެއްވަރުކޮށް ބާސެލޯނާއިން ލީގު ހޯދުމާއި ގާތަށް

ރޭގެ މެޗުގައި ބާސެލޯނާއިން ވަނީ މެޗުގެ ކުރީކޮޅުގައި ގޯލުޖަހާފައި. ފޮޓޯ: ބާސެލޯނާ

ރޭގެ މެޗުގައި ބާސެލޯނާއިން ވަނީ މެޗުގެ ކުރީކޮޅުގައި ގޯލުޖަހާފައި. ފޮޓޯ: ބާސެލޯނާ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

06 އޭޕްރީލު 2025 - 08:40

ސްޕެނިޝް ލާ ލީގާގައި ރޭ ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައިގައި ބާސެލޯނާ ހަތަރު ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ. މި ނަތީޖާއާ އެކު ބާސެލޯނާއަށް ވަނީ މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި މޮޅުވަމުން އައި ރެކޯޑް ހަތް މެޗަށްފަހު ނިމުމަކަށް އައިސްފައެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ބާސެލޯނާއިން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އެ ޓީމަށް މޮޅުވެވޭ ގޮތް ނުވިއެވެ. ބާސެލޯނާއިން މެޗުގެ ހަތްވަނަ މިނެޓުގައި ފެރާން ޓޮރެސް ދިން ބޯޅައަކުން ގަވީ ވަނީ މިސީޒަނުގެ ލަލީގާގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައެވެ. ނަމަވެސް އޭގެ 10 މިނެޓު ފަހުން ބެޓިސްގެ ޑިފެންޑަރު ނަތަން ވަނީ ކޯނަރ ކިކުން ލިބުނު ފުރުސަތުގައި ބޮލުން ޖަހައި މެޗު އެއްވަރުކޮށްފައެވެ.

މި މެޗާ އެކު ބާސެލޯނާއަށް ވަނީ މިހާތަނަށް ކުޅުނު 30 މެޗުން 67 ޕޮއިންޓް ހޯދިފައެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 63 ޕޮއިންޓެވެ.

ކޮމެންޓް

871x217_placeholder