logo
ޚަބަރު

އީދު ބަންދުގައި އޮޅު ހިޔާ ފެސިލިޓީއަށް އިތުރު 15 ބުޅާ

އޮޅު ހިޔާ ފެސިލިޓީއަށް ގެނެވުނު ބައެއް ބުޅާތައް؛ މިހާރު ޖުމްލަ 30 ބުޅާ އެ ފެސިލިޓީގައި ގެންގުޅޭ -- ފޮޓޯ: ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ
އޮޅު ހިޔާ ފެސިލިޓީއަށް ގެނެވުނު ބައެއް ބުޅާތައް؛ މިހާރު ޖުމްލަ 30 ބުޅާ އެ ފެސިލިޓީގައި ގެންގުޅޭ -- ފޮޓޯ: ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ

އީދު ބަންދުގައި، އޮޅު ހިޔާ ފެސިލިޓީއަށް އިތުރު 15 ބުޅާ ގެނެސްފައިވާ ކަމަށާ ފެސިލިޓީއަށް މަދުވާ ސާމާނުތަކާއި ބުޅާ ބަހައްޓާނެ ކޮށިތައް ރަނގަޅުކޮށް އިތުރަށް ބުޅާ ގެނައުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ވުޒާރާއިން ބުނީ މި ފާއިތުވި ބަންދުގައި އޮޅު ހިޔާ ފެސިލިޓީއަށް އިތުރު 15 ބުޅާ ގެނެވުމާއި އެކު، މިހާރު އެ ފެސިލިޓީގައި ޖުމްލަ 30 ބުޅާ ބަލަހައްޓާ ކަމަށެވެ. މީގެ އިތުރުން، އެ ފެސިލިޓީއަށް މަދުވާ ސާމާނުތަކާއި ބުޅާ ބަހައްޓާނެ ކޮށިތައް ރަނގަޅުކޮށް އިތުރަށް ބުޅާ ގެނައުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ވެސް ވުޒާރާއިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޮޅު ހިޔާ ފެސިލިޓީ ހުޅުވުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. ނަމަވެސް އެތަނަށް ބުޅާތައް ގެންދަން ފެށީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

އެ ފެސިލިޓީ ކުރިން ހިންގާފައިވަނީ މާލެ ސިޓީ ކައުންސިލުންނެވެ. ނަމަވެސް ކައުންސިލުން ވަނީ މިފަހުން އެ ފެސިލިޓީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި ހަވާލުކޮށްފައެވެ. އެގޮތުން ވުޒާރައިން ފާހަގަކޮށްފައިވާ ގޮތުގައި، ކުރިން ސިޓީ ކައުންސިލްގެ ދަށުގައި އޮތް އޮޅު ހިޔާ ފެސިލިޓީއާ ރަސްމީކޮށް އެ ވުޒާރާއިން ހަވާލުވިތާ 16 ގަޑިއިރުގެ ތެރޭގައި، އާ ކަރަންޓީނު ސަރަހައްދަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހޯދައި، އެންމެހައި ކަންކަން ވަނީ ފުރިހަމަކޮށްފައެވެ.

މާލޭގައި ސަރަހައްދުގައި މިވަގުތު 2،000 އާއި 3،000 އާ ދެމެދުގެ އަދަދެއްގެ ބުޅާ އުޅޭ ކަމަށް ލަފާކުރެވޭއިރު، މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް އިތުރު ރައްކާތެރިކަމާއި ބެލެހެއްޓުން ލިބި، ޢާންމު ސިއްޙަތަށް ކުރިމަތިވެފައިވާ ނުރައްކާތައް ކުޑަވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޮޅިވަރަމްގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކުމަށް ތަނެއް ގާއިމް ކުރަނީޚަބަރު | 10 ދުވަސް ކުރިންދަނޑުވެރިކަމުގެ ދާއިރާއިން، ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 16 ދުވަސް ކުރިންފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން ށ. އަތޮޅުގެ 4 ރަށަކަށް ހާހަކަށްވުރެ ގިނަ ގަސް ފޮނުވައިފިޚަބަރު | 18 ދުވަސް ކުރިންމެޕްގެ ގްރާންޓުގެ ދަށުން 6 ދަނޑުވެރިންނާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | މަހެއް ކުރިން