logo
Bank of Maldives

Bank of Maldives

ޚަބަރު

ފަލާހް ޕްރީ ސުކޫލް: ގައުމީ މަންހަޖާ އެއްގޮތަށް ބިންގާ އަޅައިދިނުމަށް ތައްޔާރުވެފައި

އާމިނަތު ޝަފާ
6 އޭޕްރީލު 2025 - 10:38
ފަލާހް ޕްރީ ސުކޫލް:  ގައުމީ މަންހަޖާ އެއްގޮތަށް  ބިންގާ އަޅައިދިނުމަށް ތައްޔާރުވެފައި

ދިރާސީ އާ އަހަރުގެ ކިޔެވުން  މާދަމާ ފެށުމަށް ސުކޫލުތަކުން ތައްޔާރުވަމުން އަންނައިރު މިއަދު ހުރިހާ ސުކޫލަކަށް މުދައްރިސުން ހާޒިރުވެ ދަރިވަރުންނަށް މަރުހަބާ ކިޔުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އެގޮތުން ފަލާހު ޕްރީސުކޫލުގެ މުދައްރިސުންނާއި މުޅި މެނޭޖުމަންޓުންވެސް މިއަދު ތައްޔާރުވަމުން ދިޔައީ ދިރާސީ އައު އަހަރަކާ ކުރިމަތިލާ ދަރިވަރުންނަށް ހޫނު މަރުހަބާއެއް ކިޔުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަލާހު ޕްރީ ސުކޫލަކީ 400 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނަ ސުކޫލެކެވެ. އެކުދިންނަށް ކިޔަވާ ދެއްވުމަށް 32 މުދައްރިސުން ހަރަކާތްތެރިވަމުން ގެނަދަވައެވެ. ފަލާހް ޕްރީ ސުކޫލުން އަންނަނީ ބޭބީ ނާސަރީ ، ނާސަރީ ، އެލްކޭޖީ، އޫކޭޖީ ހިމެނޭހެން އުމުރުން 2 އަހަރާއި 6 އަހަރާއި ދެމެދުގެ ކުދިންނަށް ކިޔަވާދެމުންނެވެ.

ހެނދުނާއި މެންދުރު ހިމެނޭގޮތަށް ދެ ދަންފަޅިއަކަށް ކިޔަވާދެމުންއަންނަ މި ސުކޫލުގެ ހެނދުނުގެ ދަންފަޅީގައި ކިޔަވަނީ އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުންނެވެ. މެންދުރު ދަންފަޅިގައި ކިޔަވަނީ ނާސަރީއާއި ބޭބީ ނާސަރީގެ ދަރިވަރުންނެވެ.

މާދަމާ ކިޔެވުން ފެށިގެންދާއިރު ކުދިންނަށްޓަކައި މުޅި ފަލާހު ޕްރީ ސުކޫލު ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައިކަމަށް ސުކޫލުގެ ލީޑިން ޓީޗަރު ފާތިމަތު ސައީދު މެންދުރަށް ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވެފައިވެއެވެ.

" ވަރަށް ބޮޑަށް ތައްޔާރުވެފައި މިވަނީ ކުދިންނަށް މަރުހަބާ ކިޔުމަށް. ކުދިން ފަލާހުގެ ތެރެއަށް ވަދެގެން ދާއިރު އުފާވެރި މަޖާ އުޅެލާ ހިތްވާކަހަލަ މާހައުލެއް ހޯދައިދިނުމަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ".

ފަލާހުގެ ކިޔެވުން ބައްޓަންކުރެވިފައިވަނީ ގައުމީ މަންހަޖާ އެއްގޮތްވާގޮތުގެ މަތިންކަން ލީޑިން ޓީޗަރު ފާހަގަކުރެއްވިއެވެ.

"ގައުމީ މަންހަޖަށް ކިޔަވާދޭ ސުކޫލެއްވީމަ ކުދިންގެ ކިޔެވުމާއި ތަފާތު ހުނަރުތައް ބައްޓަންކުރުމަށް ހުރިހާ ރޮނގަކުންވެސް އެބަ އިސްކަންދެން. ގައުމީ މަންހަޖުގެ އެންމެ ބޮޑު މަގުސަދަކީ ދިރިއުޅުމަށް ކުދިން ތައްޔާރުކުރުން . ފައުންޑޭޝަން ސްޓޭޖަކީ މިކަމަށް ބިންގާ އަޅައިދޭ އެންމެ މުހިންމު ސްޓޭޖު. މަންހަޖުގެ ތެެރެއިން މިކަމަށް ސުކޫލުން ވަރަށް ބޮޑު އިސްކަމެއްދީގެން މަސައްކަތް ކުރޭ".

މަދަމާ ކިޔެވުން ފެށިގެންދާއިރު ފަލާހް ޕްރީ ސުކޫލުގެ ކަލަންޑަރުގައިވަނީ ދަރިވަރުން ބޭނުންވާފަދަ ޝައުގުވެރި ހަރަކާތްތަކެއްވެސް ހިމަނާފައެވެ. އަދި މުދައްރިސުންގެ ގާބިލުކަމަށްވެސް އެކި ހަރަކާތްތައް ރޭވިފައިވާކަމަށް ލީޑިން ޓީޗަރު ވިދާޅުވިއެވެ.

ލީޑިން ޓީޗަރުގެ ވާހަކަފުޅުގައި ފަލާހް ޕްރީ ސުކޫލުގެ ކާމިޔާބީގެ އެންމެ އިސް ހިއްސާދާރުންނަކީ އެ ސުކޫލުގެ ބެލެނިވެރިންނާއި ހީވާގި މުދައްރިސުންކަން ފާހަގަކޮށް ތަކުރާރުކޮސް ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެެވެ.

މާދަމާ ކިޔެވުން ފެށިގެންދާއިރު ފަލާހު ޕްރީ ސުކޫލު ތައްޔާރުވަމުންދަނީ ގައުމީ މަންހަޖާ އެއްގޮތްވާގޮތުގެ މަތިން ތުއްތު ދަރިވަރުން ދިރިއުޅުމުގެ މައިދާނަށް ތައްޔާރުކޮށްދިނުމުގެ ބިންގާ އަޅާދޭށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލާހް ޕްރީ ސްކޫލުގެ ކުޑަކުދިންގެ ޤުރްއާން މުބާރާތް ފަށައިފިޚަބަރު | 10 ގަޑިއިރު ކުރިންބައްޕައިންގެ ދުވަހު ފަލާހް ޕްރީސްކޫލުންދިނީ 'ލޯބި ސަޕްރައިޒެއް'ޚަބަރު | 5 މަސް ކުރިންފަލާހް ޕްރީ ސްކޫލުން ކުލަ ގަދަކޮށް ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފިޚަބަރު | 6 މަސް ކުރިންފަލާހް ޕްރީ ސުކޫލް: ގައުމީ މަންހަޖާ އެއްގޮތަށް ބިންގާ އަޅައިދިނުމަށް ތައްޔާރުވެފައި ޚަބަރު | 7 މަސް ކުރިން