logo
Bank of Maldives

Bank of Maldives

ޚަބަރު

ފަލާހް ޕްރީ ސްކޫލުން ކުލަ ގަދަކޮށް ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި

ފަލާހް ޕްރީ ސްކޫލުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ -- ފޮޓޯ: މެންދުރު
ފަލާހް ޕްރީ ސްކޫލުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ -- ފޮޓޯ: މެންދުރު

ކުލަގަދަ ގޮތެއްގައި ފަލާޙް ޕްރީ ސްކޫލުން ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފިއެވެ.

މިއަދު ހެނދުނު އެ ސްކޫލަށް ދަރިވަރުން ހާޒިރުވެފައިވަނީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ކޮސްޓިއުމްތަކެއްގައެވެ. އެ ކުދިން ސްކޫލަށް ހާޒިރުވިއިރު، މުޅި ސްކޫލް ވަނީ އެ މުނާސަބަތު ފާހަގަކުރުމަށް ކުލަގަދަ ގޮތެއްގައި ޒީނަތްތެރިވެސް ކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކަމާ ގުޅޭ ގޮތުން "މެންދުރު ޓީވީ"އާ ވާހަކަދައްކަވަމުން އެ ސްކޫލުގެ ލީޑިން ޓީޗަރު ފާތިމަތު ސައީދު ވިދާޅުވީ، ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ސްކޫލުގެ ގޯތިތެރޭގެ އިތުރުން ކްލާސްރޫމްތައް ވެސް ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައިވާ ކަމަށާއި، އެކުދިންނަށް ޚާއްސަކޮށް އެކި ހަރަކާތްތައް ވެސް މިއަދު ކުރިއަށް ގެންދިޔަ ކަމަށެވެ.

އަޅުގަނޑުމެންގެ ހުރިހާ ކުޑަކުދިންނަށްޓަކައި ވަރަށް ބޮޑަށް ތައްޔާރުވެފައި. ގޯތިތެރެއާއި ތަންތަން މިވަނީ ކުދިން ވަރަށް ގަޔާވާފަދަ، ވަރަށް ހިތްހަމަ ޖެހޭ، ވަރަށް އުފާވާ ފަދަ ގޮތަކަށް މާޙައުލު ތައްޔާރުކުރެވިފައި. އުންމީދަކީ ހުރިހާ ކުދިން ވެސް މިއަދު އައިސް ވަރަށް އުފާކޮށްލައި ވަރަށް މަޖާކޮށްލައި އަދި އެކުދިން ހިތްހަމަ ޖެހޭ ކަހަލަ މާޙައުލެއްގެ ތެރޭގައި ހިތްހަމަ ޖެހުމާއެކީގައި އެކުދިން ވަގުތުތައް ޓީޗަރުންނާއެކީ ހޭދަކޮށްލާފައި ދިޔުން. ދެން ހަމައެއާއެކީ ސްކޫލުގެ ގޯތިތެރޭ މިހާވަރަށް ޒީނަތްތެރިކުރެވިފައިވާއިރުގައި އަޅުގަނޑުމެން ކްލާސްރޫމްތެރެ ވެސް ވާނީ އެކުދިންނަށް، އެކުދިންނާ އެކަށީގެންވާ އެކުދިންގެ ޢުމުރާ ގުޅޭކަހަލަ ތަފާތު ހަރަކާތްތައް ވެސް ވަނީ ރޭވިފައި. އެގޮތުން ކޮންމެ ކުލާހެއްގެ ތެރޭގައި އެކުދިން ކުޅޭލާނެ ކުޅިވަރުތަކާއި ތަފާތު ހަރަކާތްތައް ވާނީ ރޭވިފައި. މި ކުދިން މިއަދު އައިސް، މި ކުޅިވަރުތައް ވެސް ކުޅެލާހަދާފަ މިއަދު ގެއަށްދާނީ، - ފަލާހް ޕްރީ ސްކޫލުގެ ލީޑިން ޓީޗަރު ފާތިމަތު ސައީދު

ފާތިމަތު އިތުރަށް ވިދާޅުވީ، ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ސްކޫލުގައި ބާއްވާ ހަރަކާތްތަކުގެ ސަބަބުން އެކުދިން ތިބީ ވަރަށް އުފާވެފައި ކަމަށެވެ. އަދި އެކުދިންގެ މޫނުމަތިން ފެންނަ އުފާވެރިކަމަކީ ސްކޫލުގެ މުދައްރިސުންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން ކަމުގައި ވެސް ލީޑިން ޓީޗަރު ފާހަގަކުރެއްވިއެވެ.

އެހެންވީމާ އަޅުގަނޑުމެން މާޙައުލު މިހާ ރީތިކޮށް ހުރިހާ ކުދިން ގަޔާވާ ފަދަ އަދި އެކުދިން ވެސް މިއަދު މި މާޙައުލާ ގުޅޭ ފަދަ ގޮތަކަށް ހެދުން އަޅައިގެން އައީ. އަޅުގަނޑުމެންނަށް އެބަ ފެނޭ އެކުދިންގެ މޫނުމަތިން އެކުދިން އުފާވެފައިތިބިވަރާއި އެކުދިން ހިތްހަމަޖެހިފައިވަރު. މިއީ އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުން، - ފަލާހް ޕްރީ ސްކޫލުގެ ލީޑިން ޓީޗަރު ފާތިމަތު ސައީދު

އެ ސްކޫލް ޒީނަތްތެރި ކުރުމުގައި ސްކޫލުގެ މުދައްރިސުންގެ އިތުރުން، ބެލެނިވެރިން ކުރި މަސައްކަތަށް ފާތިމަތު ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.

ފަލާހް ޕްރީ ސްކޫލަކީ މިފަދަ ކޮންމެ މުނާސަބަތެއްގައި ވެސް ދަރިވަރުންގެ ހިތްހަމަ ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރާ ސްކޫލެކެވެ. އެގޮތުން ކުޑަކުދިންގެ ދުވަހާއި ދިރާސީ އައު އަހަރު ފެށޭ ދުވަސް ފަދަ ދުވަސްތަކަކީ އެ ސްކޫލުން ކުލަަގަދަ ގޮތެއްގައި ދަރިވަރުންނާ އެކު ފާހަގަކުރާ ދުވަސްތަކެވެ.

 

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލާހް ޕްރީ ސްކޫލުގެ ކުޑަކުދިންގެ ޤުރްއާން މުބާރާތް ފަށައިފިޚަބަރު | 4 ގަޑިއިރު ކުރިންބައްޕައިންގެ ދުވަހު ފަލާހް ޕްރީސްކޫލުންދިނީ 'ލޯބި ސަޕްރައިޒެއް'ޚަބަރު | 5 މަސް ކުރިންފަލާހް ޕްރީ ސްކޫލުން ކުލަ ގަދަކޮށް ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފިޚަބަރު | 6 މަސް ކުރިންފަލާހް ޕްރީ ސުކޫލް: ގައުމީ މަންހަޖާ އެއްގޮތަށް ބިންގާ އަޅައިދިނުމަށް ތައްޔާރުވެފައި ޚަބަރު | 7 މަސް ކުރިން