logo
Bank of Maldives

Bank of Maldives

ޚަބަރު

ބައްޕައިންގެ ދުވަހު ފަލާހް ޕްރީސްކޫލުންދިނީ 'ލޯބި ސަޕްރައިޒެއް'

ޝަހްޒާ މުހައްމަދު
15 ޖޫން 2025 - 10:08
ބައްޕައިންގެ ދުވަހު ފަލާހް ޕްރީސްކޫލުންދިނީ 'ލޯބި ސަޕްރައިޒެއް'

ޖޫން 15 ވަނަ ދުވަހަކީ ބައްޕައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާދުވަހެވެ. ސޯޝަލް މީޑިއާގައި އޮހެމުންދާ ލޯބި މެސެޖުތަކާއި ފޮޓޯތަކުން ފެށިގެން އެކި ފަރާތްތަކުން ބައްޕައިންގެ ދުވަސް އެކި ގޮތްގޮތަށް ފާހަގަކުރަމުންދާއިރު، ފަލާޙް ޕްރީސުކޫލުގެ ކުދިން މިވަނީ ވަރަށް ލޯބިން ބައްޕައިންނަށް "ސަޕްރައިޒް" ދީފައެވެ.

މިއަދު ކުދިން ނިމޭގަޑީގައި ބަލާދިއުމަށް ހަމަޖެހިފައިވަނީ ބައްޕައެވެ. ޕައްޕައިން ފެނުމުން، ކުދިން ވަނީ އެކުދިންތައްޔާރުކޮށްފައިވާ ޓައީ، ޕައްޕައިންގެ ކަރުގައި އަޅުވައިދީފައެވެ. އެވަގުތު ސުކޫލުގައި ޖަހަމުންދިޔައީ، ބައްޕައިންނަށް ހާއްސަލަވަތަކެވެ. އަދި ކުނޑި ކަރުދާހުން މަރުހަބާ ކިޔުމާއި އެކު ސްކޫލުތެރެ ވަނީ ޒީނަތްތެރިކުރެވިފައެވެ.  

Ad by Hajj Corporation

Ad by Hajj Corporation

މިއީ ކޮންމެހެން ވަކިދުވަހެއް ކަނޑައަޅައި ފާހަގަކޮށްލުމަށްފަހު ނިންމާލެވޭ ކަމެއް ނޫނެވެ. މަންމައިންގެ ދުވަސް، ބައްޕައިންގެ ދުވަސް ފަދަ ދުވަސްތަކަކީ އެދުވަހުގައި ހާއްސަކޮށް ބައެއްކަހަލަ ކަންތައްކޮށްލާ ހާއްސަކަމާއެކު އެހެންކަންތައްތަކުން ވަގުތު ހުސްކޮށްގެން ދުވަހުގެ ނަމުން ނަން ލިބިފައިވާ ފަރާތާއެކު ވަކިން ވަގުތުހޭދަކޮށްލާ ކަހަލަ ގޮތަކަށް ކަންތައް ކުރުމަށް ކަނޑައެޅިފައި އޮންނަ ދުވަހެކެވެ. މަންމައިން ބައްޕައިން ކާފައިން މާމައިން އަދި ދަރިން މިއީ ވަކި ރަސްމިއްޔާތަކާ ގުޅިގެން ހާއްސަވާ ފަރާތްތަކަކަށް ނުވިޔަސް މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ، ބައްޕައިންގެ އަގު ވަޒަންކުރުމަށް ވަގުތުކޮޅެއް ހުސްކޮށްލުމެވެ.  މައްމައިންނާއި ބައްޕައިންނަކީ ހިތުގައި ޖަހާ ވިންދާއި ނާރުތަކުގައި ހިނގާ ލެއެކޭ އެއްފަދައިން މިއީ އަހަރުމެންގެ ހަށިގަނޑާއި ނަފުސާއި ހަޔާތުގެ ބައިތަކެކެވެ.

ބައެއް ކުދިން ބައްޕައިން ސިފަކުރަނީ އެކުދިންގެ "ހީރޯ"އިންގެގޮތުގައެވެ. އަނެއްބައި ކުދިން ބުނިގޮތުގައި ބައްޕައިންނަކީ އެކުދިން އެންމެ ލޯބިވާފަރާތެވެ. ބައްޕައިންނަށް ހާއްސަ މާގާމެއް ދެވިފައިވާއިރު، ގިނަ ބައްޕައިންނަކީ ދަރިންދެކެ ނުހަނު ލޯބިވާ، ދަރިންނަށް ރަނގަޅު މުސްތަގްބަލެއް ހޯދައިދިނުމަށްޓަކާއި ބުރަމަސއްކަތްކުރާ ބައެކެވެ.

ނަމަވެސް ހިތާމައަކީ، ބައްޕައިންގެ ލޯތްބާއި، ވަގުތާއި، އަޅާލުމުން މަހުރޫމްވެފައިވާކުދިންތަކެއް ވެސް މި މުޖުތަމައުގައި އުޅޭކަމެވެ. އެފަދަކުދިން ވެސް މިފަދަދުވަސްތަކުގައި ދެރަވާކަށް ނުޖެހެއެވެ. އެކުދިންގެ ހީރޯއިންނަކީ އެކުދިންނަށް ބައްޕަގެ ލޯބިދޭ ފަރާތްތަކެވެ. އެފަދަ ފަރާތަތަކުގެ އަގުވެސް ވަޒަންކުރަންޖެހެއެވެ.

ބައްޕައިންގެ ދުވަސް ހާއްސަކަމާއި އެކު ފާހަގަކުރަނީ، ބައްޕައިންނަށް އޮތް ލޯތްބާއި ގަދަރު ހާމަކުރުމަށެވެ. ބައްޕައިން ކުޜާ ބުރަމަސައްކަތުގެ އަގު ވަޒަންކުރުމަށެވެ. އަދި ބައްޕައިންދެކެ ލޯބިވާ ތުއްތުކުދިންގެ ވެސް ހިތް އުފާކޮށްދިނުމަށެވެ.

ސްކޫލުތަކުގައި މިފަދައިން ދުވަސްތައް ފަހަގަކުރާކަމަކީ ކުދިންގެ ހިތްތަކުގައި މިދުވަސްތައް ހަނދާންތަކެއްގެ ގޮތުގައި ބިންވަޅުނެގިގެންދާނެކަމެކެވެ. ފަލާޙް ޕްރީސްކޫލުން ވެސް މިއަދު މި ހިންގީ އެފަދަ އުފާވެރި ހަނދާންތަކެއް ދުވަސްތަކަކަށް ރައްކާކުރެވިގެންދާނެ ހާއްސަ ހަރަކާތެއް.  

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލާހް ޕްރީ ސްކޫލުގެ ކުޑަކުދިންގެ ޤުރްއާން މުބާރާތް ފަށައިފިޚަބަރު | 4 ގަޑިއިރު ކުރިންބައްޕައިންގެ ދުވަހު ފަލާހް ޕްރީސްކޫލުންދިނީ 'ލޯބި ސަޕްރައިޒެއް'ޚަބަރު | 5 މަސް ކުރިންފަލާހް ޕްރީ ސްކޫލުން ކުލަ ގަދަކޮށް ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފިޚަބަރު | 6 މަސް ކުރިންފަލާހް ޕްރީ ސުކޫލް: ގައުމީ މަންހަޖާ އެއްގޮތަށް ބިންގާ އަޅައިދިނުމަށް ތައްޔާރުވެފައި ޚަބަރު | 7 މަސް ކުރިން