logo
Bank of Maldives

Bank of Maldives

ޚަބަރު

ފަލާޙް ޕްރީސްކޫލުގެ ޚިދުމަތަށް ބައިގަރުނު: އެތަކެއް ޅަދަރިންނެއްގެ އެދުރުހިޔާ!

ޒިދާން މުޙައްމަދު
20 ޖެނުއަރީ 2026 - 15:08
ފަލާޙް ޕްރީސްކޫލުގެ ޚިދުމަތަށް ބައިގަރުނު: އެތަކެއް ޅަދަރިންނެއްގެ އެދުރުހިޔާ!


އިސްލާމްދީނުގައި ޢިލްމު ހޯދުމަކީ ލާޒިމު ކަމެކެވެ. ވިސްނައި ފިކުރު ކުރުމަށް ބުއްދީގެ ބޭނުން ކުރުމަށް ބާރުއަޅާ އެތައް އާޔަތްތަކެއް ޤުރުއާނުން ފެންނަން އެބައޮތެވެ. އިންސާނުންގެ އަމިއްލަ ނަފުސްތައް ދަށު ދަރަޖައިން ޠާހިރު އަދި ކަރާމާތްތެރި އެއްޗަކަށް އުފުލިގެން ދަނީ ޢިލްމުގެ ތެރެއިންނެވެ. އަލްއިމާމް އައްޒަރުނޫޖީ އޭނާގެ ފޮތް 'ދަރިވަރަށް އިރުޝާދު: އުނގެނުމުގެ އުސޫލު' ގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި ޢިލްމަކީ އޯގާތެރިކަމާއި ހޭލުންތެރިކަން ޙާޞިލުކުރުމަށް މާތްރަސްކަލާނގެ ލެއްވި ވަސީލަތެވެ. މަދަރުސާތަކަކީ ޢިލްމު ފެތުރުމާއި އުނގަންނައިދިނުމުގެ އެންމެ ފުޅާ ދައުރެއް އަދާކުރާ ތަންތަނެވެ. މަދަރުސީ ހަޔާތުން ޅަފަތުން ފެށިގެން އެނގެންޖެހޭ އެތަކެއް ފިލާވަޅެއް ލިބިގަނެވެއެވެ.

44fd019a-434f-4671-80a9-c2e57d2a64d6_pics_1_-5.jpg

ފަލާޙް ޕްރީ ސްކޫލް ---

Ad by Hajj Corporation

Ad by Hajj Corporation

44fd019a-434f-4671-80a9-c2e57d2a64d6_pics_1_-4.jpg

ފަލާޙް ޕްރީ ސްކޫލް ---

ރާއްޖޭގައި ހުރި ޕްރީސްކޫލްތަކުގެ ތެރެއިން ފަށާ ތަޢުލީމު އެންމެ ފުރިހަމައަށް ފޯރުކޮށްދޭ އެއް ސްކޫލް ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ތަނަކީ މީގެ 50 އަހަރު ކުރިން 20 ޖަނަވަރީ 2026ގައި ވުޖޫދުވި ފަލާޙް ޕްރީސްކޫލެވެ. އެ ސްކޫލަށް ބައިގަރުނުވެ މިއަދު މިފާހަގަކުރަނީ 50 ވަނަ އަހަރީ ދުވަހެވެ. އެހެން ގޮަތަކަށް ނަމަ ރަންޔޫބީލްއެވެ.

ފަލާޙް ޕްރީސްކޫލަކީ އަމިއްލަ ޖަމްޢިއްޔާ އެއްކަމުގައިވާ ޖަމްޢިއްޔަތުލް ފަލާޙުގެ ދަށުން ހިންގަމުން އަންނަ ސްކޫލެކެވެ. ޖަމްޢިއްޔަތުލް ފަލާޙަކީ 1961 ވަނަ އަހަރު ސަރުކާރުގައި ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާއެކެވެ. ޖަމްޢިއްޔަތުލް ފަލާޙްގެ ބާނީއަކީ އަލްމަރުޙޫމް އަބޫބަކުރު އިބްރާހީމެވެ.

44fd019a-434f-4671-80a9-c2e57d2a64d6_pics_1_-7.jpg

ފަލާޙް ޕްރީ ސްކޫލް ---

44fd019a-434f-4671-80a9-c2e57d2a64d6_pics_1_-8.jpg

ފަލާޙް ޕްރީ ސްކޫލް ---

ވުޖޫދުވީއްސުރެ އެ ޖަމްޢިއްޔާއިން އަންނަނީ ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށްދިނުމަށްޓަކައި ތަފާތު ޙަރަކާތްތަކެއް ހިންގަމުންނެވެ. މިޙަރަކާތްތައް ފުޅާވެ އިތުރު ކަންތައްތައް ކުރުމަށްޓަކައި 20 ޖަނަވަރީ 1976 ގައި މަދުރަސަތުލް ފަލާޙްގެ ނަމުގައި މަދަރުސާއެއް އުފެއްދީއެވެ. އެ ހިސާބުން ތުއްތު ކުދިންނަށް ފަށާ ތަޢުލީމު ދިނުމަށް މާލޭގައި ފެންވަރު ރަނގަޅި ޕްރީ ސްކޫލެއްގެ ކިޔެވުން ފެއްޓުނުވެ.

މިގޮތުން ކިޔަވައިދެމުން ގޮސް، މަދުރަސަތުލް ފަލާޙުގެ ނަން 25 ޑިސެމްބަރ 2001 ގައި ފަލާޙް ޕްރީ ސްކޫލް ގެ ނަމަށް ބަދަލުކުރިއެވެ. ވަރަށް މަދު ޢަދަދެއްގެ ދަރިވަރުން ކޮޅަކާއެކު ފެށި މި ސްކޫލުގައި މިހާރު ޕްރީސްކޫލް، ނާސަރީ އަދި ބޭބީ ނާސަރީ ކްލާސްތައް ހިންގަމުންދެއެވެ. މިހާރު ފަލާޙް ޕްރީސްކޫލްގައި ކިޔަވައިދެމުންދަނީ ދެދަންފަޅިއަށެވެ. ފުރަތަމަ ދަންފަޅީގައި ކިޔަވަމުން ދަނީ ޔޫކޭޖީ އާއި އެލްކޭޖީގެ ކްލާސްތަކެވެ. ދެވަނަ ދަންފަޅީގައި ކިޔވަމުން ދަނީ ބޭބީ ނަރސަރީ އަދި ނަރސަރީ ކްލާސްތަކެވެ.

44fd019a-434f-4671-80a9-c2e57d2a64d6_pics_1_-3.jpg

ފަލާޙް ޕްރީ ސްކޫލް ---

ފަލާޙް ޕްރީސްކޫލްއަކީ ވެސް އެންމެ ފަހުގެ ތަރައްޤީއާއި ޒަމާނަށް އަންނަ ބަދަލުތަކަށް މުދައްރިސުން ތަމްރީނުކޮށް ކިޔަވައިދެމުންދާ ސްކޫލެކެވެ. އެގޮތުން 2015 ވަނަ އަހަރުން ފެށިގެން މި ސްކޫލްގައި ކިޔަވައިދެމުންދަނީ ޤައުމީ އާ މަންހަޖާ އެއްގޮތަށެވެ. މިއަދު މިސްކޫލް ވެފައި މިވަނީ ގިނަ ބަޔަކަށް ފަރިތަ ނަމަކަށެވެ. އެތައް ބައެއްގެ އިތުބާރު ލިބިފައިވާ ޢިލްމީ ހިޔާ އަަކަށެވެ.

މާތް ﷲ ފަލާޙް ޕްރީސްކޫލްގެ މިދަތުރުގައި އިތުރު ކާމިޔާބާއި ފަލާޙް މިންވަރުކުރައްވާށިއެވެ. އަދި ދިގުދެމިގެންދާ ޞަދަޤާތެއްގެ ގޮތުގައި އެތައް ކުދިބަޔަކަށް ޢިލްމު ފޯރުކޮށްދިނުމުގެ ހެޔޮ ތަޢުފީގު މިންވަރުކުރައްވާށިއެވެ. އާމީން.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލާޙް ޕްރީސްކޫލުގެ ޚިދުމަތަށް ބައިގަރުނު: އެތަކެއް ޅަދަރިންނެއްގެ އެދުރުހިޔާ!ޚަބަރު | ގަޑިއިރެއް ކުރިންފަލާހް ޕްރީ ސްކޫލުގެ ކުޑަކުދިންގެ ޤުރްއާން މުބާރާތް ފަށައިފިޚަބަރު | 2 މަސް ކުރިންބައްޕައިންގެ ދުވަހު ފަލާހް ޕްރީސްކޫލުންދިނީ 'ލޯބި ސަޕްރައިޒެއް'ޚަބަރު | 7 މަސް ކުރިންފަލާހް ޕްރީ ސްކޫލުން ކުލަ ގަދަކޮށް ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފިޚަބަރު | 8 މަސް ކުރިން