logoEN
ޚަބަރު

އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރު ކުރަނީ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

06 އޭޕްރީލު 2025 - 16:05

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ޓްރެވަލްބޭގް (ޑިނާޓީއޭ ޔޫކޭ) އާއި ގުޅިގެން އިނގިރޭސި ވިލާތުގައި ރާއްޖެ އިސްތިހާރު ކުރަން ފަށައިފިއެވެ.

ޓްރެވަލް ބޭގްގެ ގާއިމްކޮށްފައިވާ ކަސްޓަމާ ބޭސް ބޭނުންކޮށްގެން ހަރަދު ކުޑަ ފޯކަސް މާކެޓިން ކުރިއަށް ގެންދާނެ ކަމަށާއި ރީޓެއިލް އަދި ޑިޖިޓަލް ޕްލެޓްފޯމްތައް ހިމެނޭ ކްރޮސް ޗެނަލް އެޕްރޯޗެއް ބޭނުންކޮށްގެން މި ކެމްޕޭނުން ރީޗް އަދި އެންގޭޖްމަންޓް އެންމެ ފުރިހަމަ ލިބި ގިނަ ޓަޗްޕޮއިންޓްތަކެއްގައި ޕޮޓެންޝަލް ގުޅޭ ކަމަށް އެމްއެމްޕީއާރުސީ އިން ބުނެއެވެ.

އެ ކުންފުނިން ބުނީ މި ކެމްޕޭނުގައި ބޮޑަށް އަލިއަޅުވާލާނީ ވަކިވަކި އުފެއްދުންތަކާއި ރާއްޖޭގެ ތަފާތު ތަޖުރިބާތައް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމަށް ކަމަށެވެ.

އެގޮތުން މި ކެމްޕޭނުގައި ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކާއި ރިސޯޓްތަކާއި ލިވަބޯޑްތައް އަދި ރާއްޖޭގައި އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ހުރި ފުރުސަތުތަކާއި ރާއްޖޭގެ ސާފު ރީތި ތިމާވެއްޓާއި ގުޅޭ ތަފާތު ތަޖުރިބާތަކާއި ތިމާވެށި ހިމާޔަތްކުރަން ކުރެވޭ މަސައްކަތްތަކަށް އަލިއެޅުވުމަށް ހަމަޖެހިފައިވެއެވެ.

އެމްއެމްޕީއާރުސީ އިން ބުނީ މި ކެމްޕެއިން އަމާޒު ކުރަނީ ކަޕަލްސް، ހަނީމޫން އަށް ދަތުރުކުރާ ފަރާތްތައް، އާއިލާތަކުގެ އިތުރުމް ސޯލޯ އަދި ގުރޫޕު ޓްރެވަލާސް ފަދަ ޑިމޮގްރަފިތަކަކަށް ކަމަށެވެ.

ކޮމެންޓް

871x217_placeholder