logo
Bank of Maldives

Bank of Maldives

ކުޅިވަރު

ލޮނުމަޑު މެންޗެސްޓަރ ޑަރބީ ގޯލެއް ނުޖެހި އެއްވަރު

އަބްދުﷲ ޣާނިމް
7 އޭޕްރީލު 2025 - 04:24
މިއީ ކެވިން ޑެ ބްރޫނޭގެ އެންމެ ފަހު މެންޗެސްޓަރ ޑަރބީ
މިއީ ކެވިން ޑެ ބްރޫނޭގެ އެންމެ ފަހު މެންޗެސްޓަރ ޑަރބީ

ރޭގައި ކުޅުނު މެންޗެސްޓަރ ޑަރބީގައި މެންޗެސްޓަރ ޔުނައިޓެޑް އާއި މެންޗެސްޓަރ ސިޓީ ވަނީ ގޯލެއް ނުޖަހައި އެއްވަރުވެފައެވެ. އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗަކީ ޕްރިމިއަރ ލީގުގެ ޗެމްޕިއަންސް ލީގު ޖާގައަށް ވާދަކުރާ ސިޓީއަށް ލިބުނު ބޮޑު ލޮޅުމެކެވެ.

ސިޓީގެ ގޯލް ސްކޯރަރ އާލިންގ ހާލަންޑް އިންޖަރީގެ ސަބަބުން ނުކުޅެވުނު ސިޓީ މިވަގުތު އޮތީ 52 ޕޮއިންޓާއެކު ތާވަލުގެ 5 ވަނައިގައެވެ. އެއީ ހަތަރުވަނައިގައި އޮތް ޗެލްސީއަށްވުރެ އެއް ޕޮއިންޓް މަދުންނެވެ. ޔުނައިޓެޑް އޮތީ 38 ޕޮއިންޓާއެކު 13 ވަނައިގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެ ޓީމުވެސް މި ސީޒަންގައި ދަތި ދަތުރެއް ކުރަމުންދާއިރު، މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް މާގިނަ ފުރުސަތުތަކެއް ނުލިބެއެވެ. ގިނަބަޔަކު ޤަބޫލުކުރަނީ މިއީ ފަހަކަށް އައިސް މިހާ ލޮނު މަޑުކޮށް މެންޗެސްޓަރ ޑަރބީ ފެނުނު ފުރަތަމަ ފަހަރުކަމަށެވެ. ނަމަވެސް ދެވަނަ ހާފުގައި ސިޓީގެ އޮމާ މަރމޫޝްގެ ވަރުގަދަ ޝޮޓެއް ޔުނައިޓެޑްގެ ގޯލްކީޕަރ އޮނާނާ ހުއްޓުވިއެވެ. އަދި ޔުނައިޓެޑްގެ ޖޮޝުއާ ޒާކްޒީގެ ހާފް ވޮލީ ސިޓީގެ ގޯލްކީޕަރ އެޑަރސަން ހުއްޓުވިއެވެ.

މިއީ 2020 އިން ފެށިގެން މެންޗެސްޓަރ ޑަރބީގައި ގޯލެއް ނުޖެހި އެއްވަރުވި ފުރަތަމަ ފަހަރެވެ. އަދި ޔުނައިޓެޑްއަށް މިއީ ޑިސެމްބަރ 1 ގައި އެވަރޓަން އާ ދެކޮޅަށް ކުޅުނު މެޗުން ފެށިގެން އޯލްޑް ޓްރެފޯޑްގައި ކްލީން ޝީޓެއް ހޯދި ފުރަތަމަ ފަހަރެވެ. މިސީޒަނުގައި ސިޓީއިން ތަށްޓަށް ވާދަކުރާ ހަމައެކަނި މުބާރާތަކީ އެފް.އޭ ކަޕަށްވާއިރު، ޔުނައިޓެޑް ތަށްޓަށް ވާދަކުރާ ހަމައެކަނި މުބާރާތަކީ ޔޫރޮޕާ ލީގެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

10 އަހަރު ފަހުން ޗެންޕިއަން ލިވަޕޫލް އެންފީލްޑްގައި ބަލިކޮށް ޔުނައިޓެޑުން ވަރުގަދަ މެސެޖެއްކުޅިވަރު | ގަޑިއިރެއް ކުރިންޕެނަލްޓީ ދީގެންވެސް ޔުނައިޓެޑް އަށް ޕޮއިންޓެއް ލިބޭނެ މަގެއް ނުފެނުނުކުޅިވަރު | 22 ދުވަސް ކުރިންވޯލްޑް ޗެންޕިއަންކަމަށް ހެދިގެން އުޅުނު ޗެލްސީ ޔުނައިޓެޑުން ސައިޒަށް ކަނޑާލައިފިކުޅިވަރު | މަހެއް ކުރިންދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔުނައިޓެޑް ދުއް އެންމެ ދަށް ކޯޗަށް ވަޒީފާ ސަލާމަތްކުރުމަށް ބާކީ ތިންމެޗުކުޅިވަރު | މަހެއް ކުރިން