logo
MPL

MPL

ޚަބަރު

ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކަ ރުފިޔާ ވަގަށް ނަގައިފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
14 ސެޕްޓެމްބަރު 2024 - 17:02
ސައިކަލެއްގެ މަޑި ދަށުން ހަތަރު ލައްކަ ރުފިޔާ ވަގަށް ނެގި ކަމަށް ތުހުމަތުކުރާ ޖަހަންގިރު އާލަމް -- ފޮޓޯ/ ފުލުހުން
ސައިކަލެއްގެ މަޑި ދަށުން ހަތަރު ލައްކަ ރުފިޔާ ވަގަށް ނެގި ކަމަށް ތުހުމަތުކުރާ ޖަހަންގިރު އާލަމް -- ފޮޓޯ/ ފުލުހުން

މާލޭގެ ބުރުޒު މަގުގައި ހުރި ސައިކަލެއްގެ މަޑި ދަށުން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި، މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މިދިޔަ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބުރުޒު މަގުގައި ހުންނަ ހަބީބް ކެފޭ ކައިރީގައި ހުރި ސައިކަލެއްގެ މަޑި ދަށުން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއްގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އެ މައްސަލައިގައި ޖެހިގެން އައި ދުވަހު، ކޯޓު އަމުރެއްގެ ދަށުން ތުހުމަތު ކުރެވޭ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށާއި، ހައްޔަރުކުރީ ބަންގްލަދޭޝަށް ނިސްބަތްވާ ޖަހަންގިރު އާލަމް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ، 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމުގައި ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސީޕީ އަހްމަދު މުހައްމަދު އެންޑީއެމްއޭގެ އިސްވެރިންނާ ބައްދަލުކުރައްވައިފިޚަބަރު | 12 ގަޑިއިރު ކުރިންފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް ހަމަޖައްސަވައިފިޚަބަރު | ދުވަހެއް ކުރިންބަނގުރަލުގެ ބޮޑު ވިޔަފާރިއެއް ހުއްޓުވައި ދެ ބިދޭސީއަކު ޑީޕޯޓްކުރަން ނިންމައިފިޚަބަރު | 2 ދުވަސް ކުރިންތަކުރާރުކޮށް ނުރައްކާތެރިކޮށް އުޅަނދުދުއްވާ ފަރާތްތަކުގެ ވަނަވަރު އާންމުކުރަނީޚަބަރު | 3 ދުވަސް ކުރިން