logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޓީސީސީގެ ހުނަރު ޕްރޮގްރާމުގައި ބައިވެރިވާ 10 ފަރާތަކަށް މަހަކު 5000 ރުފިޔާ ގެ އެލަވަންސެއް

އާމިނަތު ޝަފާ
7 އޭޕްރީލު 2025 - 07:26
އެމްޓީސީސީގެ ހުނަރު ޕްރޮގްރާމުގައި ބައިވެރިވާ 10 ފަރާތަކަށް މަހަކު 5000 ރުފިޔާ ގެ އެލަވަންސެއް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ހުނަރު ޕްރޮގްރާމުގައި ބައިވެރިވާން އެ ކުންފުނިން ހުޅުވާލައިފިއެވެ.

އެ ކުންފުނިން ކުރި އިއުލާނުގައި ބުނެފައި ވަނީ، ތިން މަސް ދުވަހުގެ ކޮންޓްރެކްޓެއްގެ އުޞޫލުން ކުރިއަށް ގެންދާ މި ޕްރޮގްރާމު ތިން މަސްދުވަހަށް މި އަހަރު ކުރިއަށް ގެންދާއިރު، ކޮންމެ މަހަކު 5000 ރުފިޔާގެ އެލަވަންސެއް ދޭނެ ކަމަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ވަގުތަކީ އަންނަ ބުރާސްފަތި ދުވަހުގެރޭ 12:00އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުޠަކީ އޯލެވެލްގެ ސައިންސް ސްޓްރީމް ފުރިހަމަކޮށްފައިވުމާއި މަސައްކަތަށް ޝައުގުވެރިކަން ހުރުމާއި، ދާއިރާގެ އައު ހުނަރު ދަސްކުރުމަށް ޝައުގުވެރިކަން ހުރުމެވެ.

މި ތަމްރީނު ފުރިހަމަ ކުރާ ފަރާތްތަކުން ހަފްތާއަކު 6 ދުވަހު – ދުވާލަކު 08 ގަޑި އިރު މަސައްކަތް ކުރަންޖެހެއެވެ.

އެމްޓިސީސީން ބުނީ، ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން   އޭޕްރިލް 12 ން 30އަށް ކުރިއަށް ގެންދާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ، ހުނަރު ޕްރޮގްރާމުގައި ބައިވެރިކުރާނީ، ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ކަމަށެވެ. އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށް ކަމަށާއި މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީ ކަމަށެވެ.  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވާ ކަމަށް ވެސް އެމްޓީސީސީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާޒާރުމަތީ ސަރަހައްދުން މާލެ ވަށަމަގުގައި ތާރުއަޅަން ތައްޔާރުވަނީޚަބަރު | 3 ގަޑިއިރު ކުރިންއެމްޓީސީސީގެ ހުނަރު ޕްރޮގްރާމުގައި ބައިވެރިވާ 10 ފަރާތަކަށް މަހަކު 5000 ރުފިޔާ ގެ އެލަވަންސެއްޚަބަރު | 10 މަސް ކުރިން