logo
E-Platinum
ޚަބަރު

މަރުކަޒީ ބޭންކުން ކުރާ ކަންކަމުގެ ތެރެއަށް ރައީސް ނުވަންނަވާނެ - ފަލާހު

އަޙްމަދު ޒަލީފް
7 އޭޕްރީލު 2025 - 11:03
މަރުކަޒީ ބޭންކުން ކުރާ ކަންކަމުގެ ތެރެއަށް ރައީސް ނުވަންނަވާނެ - ފަލާހު

މަރުކަޒީ ބޭންކުން ކުރާ ކަންކަމުގެ ތެރެއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުވަންނަވާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ. 

ފަލާހު މިހެން ވިދާޅުވީ މި އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލިހުން ފާސްކުރި ބަޖެޓާ ހިލާފަށް ސަރުކާރާއި މަރުކަޒީ ބޭންކުން ކަންކަން ކުރަމުންދާ ކަމަށް ބުނެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޝަމްހީދު ހުށަހެޅުއްވި ގަރާރަށް މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ފަލާހު ވިދާޅުވީ ފައިސާ ޗާޕުކުރަން ބޭނުންވެއްޖެ ކަމަށްވާނަމަ އެކަން ކުރުމަކީ މިއަދު ސަރުކާރަށް އުނދަގޫ ކަމެއް ނޫން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއަކީ އެމަނިކުފާނު ވަޑައިގެންނެވި ވަޢުދުތަކާ އެއްގޮތަށް ކަންތައްތައް ކުރައްވާ ބޭފުޅެއް ކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ ޤައުމުތަކުގެ ވެރިކަމަށް ރައީސުން އަންނައިރުގައި ރިޔާސީ އިންތިޚާބުގެ ތެރޭގައި ތަފާތު ވާހަކަތައް ދައްކާނެ ކަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި އެ ބޭފުޅުން އޭރު އެ ވައުދުތައް ވެވަޑައިގަންނަވާއިރު، އޭރެއްގެ ސަރުކާރުގެ އެތެރޭގައި ހުންނަ ހުރިހާ ކަމެއް އެނގިވަޑައި ނުގަންނަވާނެއެވެ. 

ފަލާހު ވިދާޅުވީ އެ ގަރާރަކީ ކުށްހީއެއްގެ މައްޗަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށާއި، ގަރާރުގައި ބަޔާންކޮށްފައިވަނީ އެއްވެސް އަސްލެއް، އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށެވެ. ކަން ހިނގާ ގޮތުގެ ހަގީގަތް ރައްޔިތުންނަށް އޮޅުން ފިލުވައިދޭން ޖެހޭކަން ފާހަގަ ކުރައްވައި ފަލާހު ވިދާޅުވީ މަރުކަޒީ ބޭންކުގެ ގާނޫނާއި މައިގަނޑު މަގްސަދު ތަކެއް އެބަ އޮތް ކަމަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔާމީން ސިންގަޕޫރަށްކުރި ކޮށްމެ ދަތުރެއްކުރީ، ވަގު ޑީލުހަދައި ދަޢުލަތް ލޫޓުވަން: ފަލާހްޚަބަރު | 16 ދުވަސް ކުރިންކައުންސިލް އިންތިހާބުވެސް އެމްޑީޕީއަށް ގެއްލުވާލާނަން - ފަލާޙް ޚަބަރު | މަހެއް ކުރިންއެމްޑީޕީއަކީ ރާއްޖޭގެ އިގްތިސާދީ ހާލަތާމެދު ކަންބޮޑުވި ބައެއް ނޫން: ފަލާހްޚަބަރު | 2 މަސް ކުރިންމައްސަލަ ހުށަހަޅާފައި އެމްޑީޕީން ތަޅުމުގައި ތިބޭތަނެއް ނުފެނޭ: ފަލާހްޚަބަރު | 3 މަސް ކުރިން