logo
ޚަބަރު

ޔާމީން ސިންގަޕޫރަށްކުރި ކޮށްމެ ދަތުރެއްކުރީ، ވަގު ޑީލުހަދައި ދަޢުލަތް ލޫޓުވަން: ފަލާހް

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ޖުލައި 2025 - 03:09
ޔާމީން ސިންގަޕޫރަށްކުރި ކޮށްމެ ދަތުރެއްކުރީ، ވަގު ޑީލުހަދައި ދަޢުލަތް ލޫޓުވަން: ފަލާހް

ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ވެރިކަމުގައި ސިންގަޕޫރަށްކުރި ކޮންމެ ދަތުރެއްކުރެއްވީ، ވަގު ޑީލުހަދައި ދަޢުލަތް ލޫޓުވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.

ފަލާހް މިހެން ވިދާޅުވެފައި މިވަނީ، ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލުމަށް އުޅޭ ކަމަށް ޔާމީން ތުހުމަތު ކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އެކަމުގެ މަޝްވަރާތައް ކުރެއްވި ކަމަށް ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ތުހުމަތުތަކަށް ރައްދު ދެއްވަމުން ފަލާހު، އޭނާގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ''ފުޅަށްބުޑުންދަންޏާ ކެޔޮގަނޑު ކަނޑާލާނެހެން ހަސަނަށްހީވާނެ'' ކަމަށެވެ.

''އަޅެފަހެދުލުން ލާރިނޫން އެއްޗެއްބޭރުވާންވެެއްޖެއްނު، އަމިއްލަވެރިކަމުގައި ބަލިވެގެންކަމަށްހަދާފަ، ސިންގަޕޫރަށްކުރި ކޮށްމެ ދަތުރެއްކުރީ، ވަގުޑީލުހަދާ ދަޢުލައިތް ލޫޓުވަން، ވީމަތިހީވަނީ ހުރިހާވެރިންވެސް އެކަންކުރާނީއެހެންކަމަށް.'' ފަލާހް ވިދާޅުވެފަވެއެވެ.

 

 

ޔާމީންގެ މިވާހަކަތަކާއި ގުޅިގެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ވިއްކާލަން އުޅޭ ކަމަށް ބުނެ ފަތުރަނީ ވާހަކައަކީ ބުހުތާން ދޮގެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލާހް ދެއްކެވި ވާހަކަ: ތަހްގީގްކުރަން ޕީޖީގެ ލަފާ ހޯދަނީ، ''މީހަކު މަރަން ބުނަފައެއް ނޯންނާނެ''ޚަބަރު | 10 ދުވަސް ކުރިންވަކިބަޔަކު ބޭނުންވާ މަގްސަދު ހާސިލްކުރުމަށް ބައެއް ބޭފުޅުންގެ އަބުރު ކަތިލަމުން އެބަދޭ: ފަލާހްޚަބަރު | 22 ދުވަސް ކުރިންއައްބާސް ފަތުރަނީ ބޮޑު ދޮގެއް، ޕީއެންސީ ޕީޖީ ގްރޫޕް ރޫޅައެއް ނުލެވޭނެޚަބަރު | މަހެއް ކުރިންލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކާމިޔާބު ނުވާނެކަން އެމްޑީޕީއަށް ޔަގީންވޭ: ފަލާހްޚަބަރު | މަހެއް ކުރިން