logo
Bank of Maldives

Bank of Maldives

ޚަބަރު

ކައުންސިލް އިންތިހާބުވެސް އެމްޑީޕީއަށް ގެއްލުވާލާނަން - ފަލާޙް

އަޙްމަދު ޒަލީފް
18 ޖޫން 2025 - 11:50
ކައުންސިލް އިންތިހާބުވެސް އެމްޑީޕީއަށް ގެއްލުވާލާނަން - ފަލާޙް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުވެސް އެމްޑީޕީއަށް ގެއްލުވާލާނެ ކަމަށާއި އެކަން ކުރުމަށް ފަސް ފަނި އެ ޕާޓީއަށް މިހާރު ފޮނުވާފައިވާކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ 2023 ވަނަ އަހަރު އެމްޑީޕީ ރޫޅާލުމަށް ފަހު، މިހާރު ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ އެ ޕާޓީ "ރާވަން" ވަޑައިގަންނަވަނީ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އަޅުގަނޑުމެން ތިބޭނެ ފަސް ފަނި ފޮނުވާފައި އެމްޑީޕީއަށް މިހާރު، ފަސް ފަނި. މި އަންނަ ލޯކަލް ކައުންސިލް އިންތިހާބު އެއްކޮށް ގެއްލުވާލާނަން އެމްޑީޕީ އަށް. އެއްކޮށް ގެއްލުވާލާނަން،" ފަލާހު ވިދާޅުވި އެވެ.

ފަލާޙު މިފަދައިން ވިދާޅުވެފައިވާއިރު، މަޖިލިސްގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުން އަނބުރާ އާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގުޅެން އިއްޔެ ވަނީ ނިންމާފައެވެ.

ދަ ޑިމޮކްރެޓްސްއިން މިގޮތަށް ނިންމާފައި ވަނީ އެ ޕާޓީން އިއްޔެ ބޭއްވި ނުރަސްމީ ނެޝަނަލް އެސެމްބްލީގައެވެ. އެ ބައްދަލުވުމުގައި ވަނީ އެ ޕާޓީގެ ހުރިހާ މެމްބަރުން އެނބުރި އެމްޑީޕީއާ ގުޅެން ގަރާރެއް ހުށަހަޅައިފައެވެ. އެ ގަރާރު ވަނީ ފާސްކޮށްފައެވެ.

އެ ނިންމުން ނިންމި ގަރާރުގައި ބުނެފައި ވަނީ އެގޮތަށް ނިންމީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށާއި، ރާއްޖޭގެ މުސްތަގްބަލު ރަނގަޅު ކުރުމަށާއި، ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް އޮތުމަށާއި އަދި ވަރުގަދަ އޮޕަޒިޝަނެއް އޮތުން މުހިންމުވީމައި ކަމަށެވެ.

ނަޝީދު އިސްވެ ހުންނަވައި ޑިމޮކްރެޓިކްސް އުފެއްދުމަށްފަހު 13 ޖުލައި 2023 ގައި އެ ޕާޓީއަށް ސޮއިކުރެއްވުމަށްފަހު ދެެއްކެވި ވާހަކަފުޅުގައި އެމްޑީޕީ ރޫޅާލާނެކަމަށް ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާޓީ ބަދަލުކުރުމުން ވ. ތިނަދޫ ކައުސިލް ރައީސްގެ ގޮނޑިއާ މެދު ގޮތެއް ނިންމަންޖެހިއްޖެޚަބަރު | 4 ގަޑިއިރު ކުރިންމެމްބަރުން ހަމަނުވެގެން ޑިމޮކްރެޓްސް އާއި ލޭބަރ ޕާޓީ އުވާލައިފިޚަބަރު | 2 ދުވަސް ކުރިންރިޟުވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ބަންދުން ދޫކޮށްލީ އެމްޑީޕީ ސަރުކާރުގަ: އުޝާމްޚަބަރު | 20 ދުވަސް ކުރިން"އެކަކު އަނެކަކުގެ ބުރަކައްޓަށް ވަޅި ޖަހާފައި" ތިބި ގައުމިއްޔަތާއި ދީނާ ދުރު ފެއިލިއަރުންގެ ފުށުން ހެވެއް ނުލިބޭނެރިޕޯޓް | 21 ދުވަސް ކުރިން