logoEN
ޚަބަރު

މައްސަލަ ހުށަހަޅާފައި އެމްޑީޕީން ތަޅުމުގައި ތިބޭތަނެއް ނުފެނޭ: ފަލާހް

މުހައްމަދު މޫސާމުހައްމަދު މޫސާ

06 މޭ 2025 - 16:41

ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން އެކި މައްސަލަތައް ހުށަހެޅިނަމަވެސް މައްސަލަ ހުށަހަޅާފައި އެމްޑީޕީގެ މެމްބަރުން ތަޅުމުގައި ނުތިބޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިއަދު އެމްޑީޕީން ހުށަހެޅި''ބަންޑާރަ މީޑިއާ'' އާއި ގުޅޭ ކުއްލި މައްސަލައަށް އިޝާރާތްކުރަށްވައި ފަލާހް މިހެން ވިދާޅުވީ، އެފަދަ މައްސަލަތައް ހުށަހެޅިނަމަވެސް އެމްޑީޕީގެ މެމްބަރުން ތަޅުމުގައި ތިއްބަވާތަން ފެނިވަޑައި ނުގަންނަވާކަމަށެވެ.

''ޚާއްސަގޮތެއްގައި އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު ވެސް ފާހަގަކުރެވޭ، ކޮންމެވެސް ކަހަލަ މިކަހަލަ ކަމެއް އެމް.ޑ.ީޕީގެ ފަރާތުން ހުށަހަޅާފައ،ި އެ ބޭފުޅުން މިތާ ތެރެއިން ނުކުމެވަޑައިގެން ދާތަން، މިވަގުތު އިއްޒަތްތެރި ރައީސް، މިތާނގައި އެމް.ޑީ.ޕީގެ އެންމެ މެންބަރެއް އިންނެވީ އިނގޭތޯ. އެކަން އަޅުގަނޑު ފާހަގަކޮށްލަން، 12 ބޭފުޅުން ތެރެއިން، އެހެންނަމަވެސް މި މުހިންމު ބިލެއްގައި ބަހުސްކުރެވެމުން މި ދަނީ '' ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ފަރާތުން ރައްޔިތުންނަށްޓަކައި ކިތަންމެ މުހިން ބިލެއް މަޖިލީހަށް ހުށަހެޅިނަމަވެސް، ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީގެ އެއްބާރުލުން ނުލިބޭކަމަށެވެ.

މީގެ އިތުރުން މިއަދު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލަންޖެހުނީ، އެއީ ކޮން މައްސަލައެއްކަން ސާފުކޮށް ބުނެދެވިފައިނުވާތީކަމަށް ވެސް ފަލާހް ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder