logo
MPL

MPL

ޚަބަރު

ނަރުދޫ ކައުންސިލާ، ޑަބްލިއުޑީސީގެ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް!

މުޙައްމަދު އަފްރާޙް
6 އޭޕްރީލު 2026 - 04:06
ނަރުދޫ ކައުންސިލާ، ޑަބްލިއުޑީސީގެ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް!

އޭޕްރިލް 4 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ށ. ނަރުދޫ އިން، ޕީއެންސީ އަށް މެޖޯރިޓީ ދީފިއެވެ.

މި އިންތިހާބުގައި ވަގުތީ ނަތީޖާ ދައްކާގޮތުން އެރަށު ކައުންސިލުގެ ރައީސްގެ ގޮނޑި މިހާރުގެ ވެސް ރައީސް މުހައްމަދު މުޝްތަރުސިދު ކާމިޔާބުކުރެއްވީ 272 ވޯޓާއެކުގައެވެ. އެ މަގާމަށް ދެން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ހުސައިން ޝުހައިލް އަށް ލިބުނީ 133 ވޯޓެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހިނގާ ދައުރުގައި ނަރުދޫ ކައުންސިލަށް މުޝްތަރުސިދު އިންތިޚާބުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ނަމަވެސް އޭނާ އެމްޑީޕީ އާ ގުޅުމަށްފަހު، މިހާރު މަސައްކަތްކުރަމުން ދަނީ ޕީއެންސީ އާއެކުގައެވެ.

ނަރުދޫ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރެއްވީ އަހްމަދު މާހިރެވެ. ޕީއެންސީގެ ޓިކެޓްގައި އޭނާ ގޮނޑި ކަށަވަރުކުރެއްވީ 236 ވޯޓު ހޯދައިގެންނެވެ. އަދި އަންހެނުންނަށް ހާއްސަ ގޮނޑިވެސް ކާމިޔާބުކުރީ ޕީއެންސީ އިންނެވެ. އެގޮނޑި ކާމިޔާބުކުރީ 216 ވޯޓާއެކު އާމިނާތު ޒިރާނާއެވެ.

މީގެއިތުރުން އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާގެ ގޮނޑި 238 ވޯޓު ހޯދައިގެން އައިޝަތު ނަހުމާ ކާމިޔާބުކުރިއިރު، އެ ކޮމެޓީގެ މެމްބަރުންގެ ގޮތުގައި އިންތިހާބުވީ އައިޝަތު އިކުލީލާ އާއި ފާތިމަތު ރިސްފާއެވެ. އޭގެތެރެއިން ނަހުމާ އަށް 269 ވޯޓު ލިބުނުއިރު، އިކުލީލާ އަށް ވަނީ 201 ވޯޓު ލިބިފައެވެ.

މިއީ ނަރުދޫގެ ސިޔާސީ ހަޔާތުގައި ޕީއެންސީ ފިކުރަށް ނަރުދޫގެ ކައުންސިލާއި ޑަބްލިއުޑީސީގެ ހުރިހާ ގޮނޑިއެއް ލިބުނު ފުރަތަމަ ފަހަރެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެލްޖީއޭ ބޯޑު އިންތިޚާބު: ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދައިފިޚަބަރު | 10 ދުވަސް ކުރިންނިމިދިޔަ ސަރުކާރަށް ވުރެ މި ސަރުކާރުން ކުރި މަސައްކަތް ދިހަ ގުނަ އިތުރުވާނެ: ލަތީފްޚަބަރު | 14 ދުވަސް ކުރިންޓެކްސް ނިޒާމަށް ގެންނަ އިސްލާހާ ދެކޮޅަށް އިދިކޮޅުން ދައްކަނީ އެއްވެސް ހުއްޖަތެއް ނެތް ވާހަކަތަކެއް: ނަސީރުޚަބަރު | 15 ދުވަސް ކުރިންޕީއެންސީގެ ކޮންގްރެސްއާ ޗެލެންޖުކުރަން އުޅެ އެމްޑީޕީން ހޭވީ ބޮޑު ހަޑިއެއްޚަބަރު | މަހެއް ކުރިން