logo
ޚަބަރު

އެމްޑީޕީއަކީ ރާއްޖޭގެ އިގްތިސާދީ ހާލަތާމެދު ކަންބޮޑުވި ބައެއް ނޫން: ފަލާހް

މުހައްމަދު މޫސާމުހައްމަދު މޫސާ
13 މޭ 2025 - 18:31
އެމްޑީޕީއަކީ ރާއްޖޭގެ އިގްތިސާދީ ހާލަތާމެދު ކަންބޮޑުވި ބައެއް ނޫން: ފަލާހް

އެމްޑީޕީއަކީ ރާއްޖޭގެ އިގްތިސާދީ ހާލަތާމެދު ވިސްނައި، ކަންބޮޑުވެ އެއްވެސް ހައްލެއް ގެނައުމަށް މަސައްކަތް ކުރި ބައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.

ފަލާހް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ގޮނޑިއެއް ހުސްވުމަށް ފަހު ދައުރު ހަމަވާން ބާކީ އޮތީ ދޮޅު އަހަރު ނަމަ އިންތިހާބު ބާއްވަން ނުޖެހޭ ގޮތަށް ސަރުކާރުން ހުށަހެޅި އިސްލާހް ބިލަށް ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އެމްޑީޕީގެ އެއްވެސް ވެރިކަމެއްގައި ރާއްޖެއަށް އާމްދަނީއެއް ލިބޭނެ އެއްވެސް މަގެއް ފަހި ކުރުމަށްޓަކައި، ކުރި މަސައްކަތްތެއް ނެތް. އަބަދުވެސް ވިސްނުމުގައި ގެންގުޅެފައި ވަނީ ހަރަދު ބޮޑު ސިޔާސަތެއް ގެނައުމަށް،" ފަލާހް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން، ފަލާހް ވިދާޅުވީ 18 ވަނަ މަޖިލީހުގައި ކައުންސިލްތަކުގެ މެމްބަރުންގެ އަދަދާ ގުޅޭގޮތުން އިސްލާހެއް ގެނެސްފައި ވަނިކޮށް، މަޖިލީހުގެ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ކުދި އާބާދީތަކުގައި ތިބޭނެ ކައުންސިލް މެމްބަރުންގެ އަދަދު ވެސް އިތުރު ކުރި ކަމަށެވެ.

"އާބާދީގައި ހާހެއްހާ މީހުން ދިރުއުޅޭ ރަށްތަކަށް ނުވަތަ އާބާދީ 500 އަށް ވެސް ނާރާ ރަށްތަކުގައި 05 ކައުންސިލް މެމްބަރުން ތިބުމުގެ ބޭނުމެއް ނެތް. ރަށުގެ އޮފީހުގެ މަސައްކަތްތައް ނިންމަނީ ކައުންސިލުން ނޫން. އެކަމުގައި އުޅޭނެ މުވައްޒަފުން ތިބޭނެ،" ފަލާހް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސުލްޙައަށް ލޯބިކޮށް ތެދު ޚަބަރު ގެނެސްދެނީ 4 ނޫހަކުން: ފަލާޙްޚަބަރު | 4 ދުވަސް ކުރިންފަލާހް ދެއްކެވި ވާހަކަ: ތަހްގީގްކުރަން ޕީޖީގެ ލަފާ ހޯދަނީ، ''މީހަކު މަރަން ބުނަފައެއް ނޯންނާނެ''ޚަބަރު | 9 ދުވަސް ކުރިންވަކިބަޔަކު ބޭނުންވާ މަގްސަދު ހާސިލްކުރުމަށް ބައެއް ބޭފުޅުންގެ އަބުރު ކަތިލަމުން އެބަދޭ: ފަލާހްޚަބަރު | 20 ދުވަސް ކުރިންރޫޅުނީ އެމްޑީޕީ ޕީޖީ ގުރޫޕާއި ރައީސް ޔާމީންގެ ޕީޖީ ގުރޫޕް: މެމްބަރު ފަލާހް ޚަބަރު | މަހެއް ކުރިން