logo
ޚަބަރު

ފުނަދޫ ކަނދުފަތި ސެންޓަރު އަޅަން 10،000 އަކަފޫޓުގެ ބިމެއް

އަޙްމަދު ޒަލީފް
7 އޭޕްރީލު 2025 - 12:12
ފުނަދޫ ކަނދުފަތި ސެންޓަރު އަޅަން 10،000 އަކަފޫޓުގެ ބިމެއް

ސަރުކާރުން ށ. ފުނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ކަނދުފަތި ސެންޓަރަށް ބޭނުންވާ ބިން ހަމަޖެހިފައިވާކަމަށް މަސްކަވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިއީ ރާއްޖޭގައި ޤާއިމްކުރާ 2 ވަނަ ކަނދުފަތި ސެންޓަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، އަންނަ ހަފްތާގެ ތެރޭގައި މި ސެންޓަރުގެ ޑިޒައިން ފައިނަލް ކުރެވިގެންދާނެކަމަށެވެ. އަދި އެއަށްފަހު ބިޑަށް ހުޅުވާލާނެކަމަށެވެ. އަދި އުންމީދަކީ ޖުލައި މަހުގެ ތެރޭގައި މަސައްކަތް ކޮންޓްރެކްޓަރަކާއި ހަވާލުކޮށް ސެންޓަރުގެ އަމަލީ މަސައްކަތް ފެށުންކަމަށް ވަނީ ވިދާޅުވެފައެވެ.

މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް މީގެ ކުރިން ވިދާޅުވެފައިވަނީ މި ސެންޓަރުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ.

ރާއްޖޭގައި މިވަގުތު ހުރީ ކަނދުފަތި ޤާއިމްކުރާ އެންމެ ސެންޓަރެކެވެ. އެއީ ހުޅުމާލޭގައި ހުރި ސެންޓަރެވެ. މިއީ ކަނދުފަތިތައް ޤާއިމްކުރުމަށް އެވުޒާރާއަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިކަމަށް ހައްލު ގެނައުމުގެ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި އެޅުމަށް 2 ސެންޓަރު ޤާއިމްކުރައްވާނެކަން ސަރުކާރުން ވަނީ އިއުލާންކުރައްވާފައެވެ.

ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ 2 ކަނދުފަތި ސެންޓަރުގެ ތެރެއިން އެންމެ ފުރަތަމަ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ށ. ފުނަދޫގައެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިހާރު ފުނަދޫއިން ސެންޓަރު އެޅުމަށް ބިން ހަމަޖެހިފައިވާކަމަށެވެ. އެއީ 10،000 އަކަފޫޓުގެ ބިމެކެވެ. މިހާރު ކުރެވެމުންދަނީ ބިން ސާފުކުރުމުގެ މަސައްކަތެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުނަދޫއަށް މަސްތުވާތަކެތި އެތެރެ ކުރި މީހަކު ހައްޔަރަށް ޚަބަރު | 10 ދުވަސް ކުރިންފަތުރުވެރިކަމަށް ފުނަދޫން ބިން ދޫކުރަނީ ޚަބަރު | 2 މަސް ކުރިން ޓެކްނިކަލް މައްސަލައެއް ދިމާވެގެން ފުނަދޫ އެއާޕޯޓް ބަންދުކޮށްފިޚަބަރު | 3 މަސް ކުރިންފުނަދޫ ކަނދުފަތި ސެންޓަރު އަޅަން 10،000 އަކަފޫޓުގެ ބިމެއްޚަބަރު | 5 މަސް ކުރިން