logo
Bank of Maldives

Bank of Maldives

ޚަބަރު

ހިޔާ ފްލެޓްގައި ހަރުކުރި ލިފްޓްތައް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި

އަޙްމަދު ޒަލީފް
7 އޭޕްރީލު 2025 - 17:48
ހިޔާ ފްލެޓްގައި ހަރުކުރި ލިފްޓްތައް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ހަތަރު ޓަވަރެއްގައި ލިފްޓު ހަރުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން ، އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު އަހުމަދު އިބްރާހިމް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި އަލަށް ބަހައްޓާފައިވާ އިތުރު ލިފްޓްތަކުގެ ޓެސްޓުތައް މިއަދު ފަށާފައިވާ ކަމަށެވެ. އަދި މިއާއެކު ހިޔާގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ ލިފްޓު ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަން ފާހަގަ ކުރައްވާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފްލެޓްތަކުގެ ލިފްޓް މަދުވުމުގެ ސަބަބުން މިހާރު، ލިފްޓް ކައިރީގައި މީހުން ތޮއްޖެހި، ގިނަ ވަގުތު ހޭދަކުރަންޖެހެއެވެ. ހިޔާގެ ކޮންމެ ޓަވަރެއްގައި 400އެއްހާ ފްލެޓް ހިމެނެއެވެ. ކޮންމެ ޓަވަރެއްގެ އާބާދީ 2000އާއި ގާތްކުރެއެވެ. މިހާރު ފްލެޓެއްގައި ހުންނާނީ 3 ނުވަތަ 4 ލިފްޓެވެ.

ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕާއި ހަވާލުކޮށްގެންނެވެ. އެއީ ބަލި މީހުން އުފުލޭނެ އިންތިޒާމާއެކު، ސްޓްރެޗަރ އެރުވޭގޮތަށް ހުންނަ ލިފްޓުތަކެކެވެ. 14 މީހުންގެ ޖާގައިގެ މިލިފްޓުތަކުގައި ލޮލަށް ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އެނގޭނެހެން ފްލޯ ނަމްބަރު ބްރެއިލް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޔާ ޓަވަރުތަކުގެ ބޭރުގައި ސީސީޓީވީ ކެމެރާ ހަރުކުރަނީޚަބަރު | 3 ގަޑިއިރު ކުރިންހިޔާ ފްލެޓުގެ ކުއްޔަށް ދިން ލުއިތައް، "މައީ ހުޅުމާލެ" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލާލެވޭނެޚަބަރު | 15 ދުވަސް ކުރިންހިޔާގެ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެޚަބަރު | 2 މަސް ކުރިންހިޔާގެ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތުގެ 66 އިންސައްތަ ނިންމާލައިފިޚަބަރު | 4 މަސް ކުރިން