logo
Bank of Maldives

Bank of Maldives

ޚަބަރު

ރަސްދޫގައި ފިހުނު ފިރިހެން މީހާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
8 އޭޕްރީލު 2025 - 11:38
ރަސްދޫގައި ފިހުނު ފިރިހެން މީހާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފި

އއ. ރަސްދޫގައި މިދިޔަ މަހުގެ 24 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފިއެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ފިރިހެން މީހާ މިދިޔަ އާދިއްތަ ދުވަހު ވެންޓިލޭޓަރުން ނަގައި އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ) ގައި ބޭއްވުމަށްފަހު އިއްޔެ އެ ހޮސްޕިޓަލުން ޑިސްޗާޖް ކޮށްފައިވެއެވެ. އޭނާ ޑިސްޗާޖް ކުރެވުނީ އާއިލާއިން އެދިގެން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށްޓަކައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި މި ހާދިސާގައި އަލިފާން ރޯވެފައިވަނީ، ކުރިން ކައިވެނި ކޮށްގެން އުޅުނު ދެ މީހުންގެ ގައިގައެވެ. މި ހާދިސާގައި އެންމެ ބޮޑަށް ފިހުނު 31 އަހަރުގެ އަންހެން މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ވަނީ މަރުވެފައެވެ. އަދި ފިރިހެން މީހާގެ ވެސް ގައިގެ ބޮޑުބައެއް ވަނީ މި ހާދިސާގައި ފިހިފައެވެ.

މި ދެ މީހުންނަށް ފަރުވާ ދިނުމުގައި ލަފާ ދިނުމަށް މިދިޔަ މަހުގެ ފަހުކޮޅު އިންޑިއާގެ މުމްބާއީގެ ބަޓިއާ ހޮސްޕިޓަލުގެ ބާންސް އެންޑް ޕްލާސްޓިކް ސާޖަން ޑރ. ޝައިލާޝް ވީ ރަނާދު ވެސް ރާއްޖެ ވަޑައިގެންނެވިއެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

މިހާދިސާ ތަހުގީގްކުރަމުން އަންނަކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެޔަށް ހޮޅިލައްވައިގެން ހަދާ ޑަޔަލިސިސްގެ ޚިދުމަތް ރާއްޖޭގައި ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންއެމްއެންޔޫއިން އެމްބީބީއެސް ނިންމި ފުރަތަމަ ބެޗު އިންޓާންޝިޕް ފުރިހަމަކޮށްފިޚަބަރު | 3 ދުވަސް ކުރިންއައިޖީއެމްއެޗު އައު ހަރުފަތަކަށް، ކަށީގެ އޮޕަރޭޝަންތަކަށް އެންމެ ފަހުގެ ޓެކޮނޮލޮޖީ ބޭނުންކުރަން ފަށައިފިޚަބަރު | 4 ދުވަސް ކުރިންރާއްޖޭގައި ރެޓިނާ ލޭޒަރ ޓްރީޓްމަންޓް ދޭން ފަށައިފިޚަބަރު | 10 ދުވަސް ކުރިން