logoEN
ޚަބަރު

މަހުގެ އެކްސްޕޯޓް އިތުރުވެއްޖެ

އާމިނަތު ސަފާއާމިނަތު ސަފާ

09 އޭޕްރީލު 2025 - 04:17

ރާއްޖެއިން މި އަހަރުގެ ފުރަތަމަ ދެ މަހު މަސް އެކްސްޕޯޓްކުރި މިންވަރު އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހާއި ފެބްރުއަރީ މަހު ރާއްޖެއިން 14،222.6 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ.މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3،695.9 މެޓްރިކް ޓަނު އިތުރުވުމެކެވެ.ރާއްޖެއިން މި އަހަރު އެންމެ ގިނައިން އެކްސްޕޯޓް ކުރީ ކަޅުބިލަ މަހެވެ. ފެބްރުއަރީގެ ނިޔަލަށް 10،402 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެ އެވެ. އަދި 2،468 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 750 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮމެންޓް

871x217_placeholder