logo
Bank of Maldives

Bank of Maldives

ޚަބަރު

ސީއެސްއޭ އެކްސްޕޯ ކުންމިންގ ފެއާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ސީއެސްއޭ އެކްސްޕޯ ކުންމިންގ ފެއާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

9 ވަނަ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަން (ސީއެސްއޭ އެކްސްޕޯ) ކުންމިންގ ފެއާގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ވިޔަފާރިވެރިނަނަށް ހުޅުވާލައިފިއެވެ.

ޗައިނާ ސަރުކާރުގެ ފަރާތުން ބާއްވާމުން އަންނަ "ޗައިނާ ސައުތު-އޭޝިޔާ އެކްސްޕޮޒިޝަން" އަކީ ސަރަހައްދީ ގިނަ ގައުމުތަކުގެ ވިޔަފާރިވެރިން ބައިވެރިވަމުންނަ އަންނަ ކާމިޔާބު އެކްސްޕޮޒިޝަނެކެވެ. މިއަހަރުގެ ޖޫންމަހުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މިއެކްސްޕޮޒިޝަންގައި އެހެން އަހަރުތަކެކޭ އެއްގޮތަށް ދިވެހިރާއްޖޭގެ ވިޔަފާރިތަކަށާއި، ވިޔަފާރިވެރިންނަށް ބައިވެރިވެ އުފެއްދުންތައް އެގްޒިބިޓްކޮށް ގަނެ ވިއްކުމުގެ ފުރުޞަތު ވަނީ ލިބިފައެވެ. މިއެކްސްޕޮޒިޝަންގައި މީގެ ކުރިން ބައިވެރިވެފައިވާ ފަރާތްތަކުން މަޢުލޫމާތު ދެއްވާގޮތުން މިއީ ދިވެހި ވިޔަފާރިތަކަށް ފަހި ފުރުސަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޗައިނާގެ އިތުރުން ދުނިޔޭގެ އެކިއެކި ޤައުމުތަކުން މި އެކްސްޕޮޒިޝަންގައި ބައިވެރިވެ އުފެއްދުންތައް ޑިސްޕްލޭކޮށް، ވިއްކުމުގެ އިތުރުން، މިއެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން (ބިޒްނަސް މެޗްމޭކިންގ) ތައް ޤާއިމުކޮށްދިނުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް، ތަފާތު ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މިއެކްސްޕޮޒިޝަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމުން، ދިވެހިރާއްޖެއަށް ބޫތް ލިބޭ މިންވަރަށްބަލައި، ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ހަމަޖައްސަވައިދެއްވޭނެއެވެ.

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން ކުރިއެރުވައި، ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދީ، އުފެއްދުންތަކަށް އެކަށީގެންވާ މާކެޓްތައް ހޯދައިދިނުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ދިވެހިންގެން އުފެއްދުންތަކާއި ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ލިބެންހުރި ފުރުސަތައް ދެނެގަނެ، އެފުރުޞަތުތަކުގެ މަޢުލޫމާތު ވިޔަފާރިތަކަށައި، ވިޔަފާރިވެރިންނަށް ދަނީ ޙިއްޞާކުރަމުންނެވެ.

ދިވެހިރާއްޖޭގެ ބޯޑަރު ހުރަސްކޮށް، ދިވެހި އުފެއްދުންތަކަށް ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި، އަވަށްޓެރި އަދި އެކުވެރި ޤައުމުތަކުގައި ބައްވާމުން އަންނަ ވިޔަފާރީ ފެއާތަކާއި، ސެމިނާތަކުގައި ދިވެހި ވިޔަފާރިތަކާއި، ވިޔަފާރިވެރިން ބައިވެރިކޮށް، ދިވެހި އުފެއްދުންތަކަށް އެކަށީގެންވާ މާކެޓްތައް ހޯދައިދުނިމަށް އެމްބަސީތަކާއި ގުޅިގެން މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލިބާބާ ވޯކްޝޮޕުގައި 450 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފިޚަބަރު | 3 ދުވަސް ކުރިން އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތް އިތުރުކޮށް އެސްޓީއޯއިން ވިއްކަން އަންގައިފިޚަބަރު | 4 ދުވަސް ކުރިންރަސްމީ ރޭޓުގައި %50 އާއި ހަމައަށް ވިޔަފާރިތަކަށް ދަނީ ޑޮލަރު ދޫކުރަމުން: ވަޒީރު ސައީދުޚަބަރު | 6 ދުވަސް ކުރިންއަލީބާބާ ވޯކްޝޮޕްގައި 150 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެއްޖެޚަބަރު | 6 ދުވަސް ކުރިން