logoEN
ޚަބަރު

ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ

މާލޭ މަގުމަތީ ފެންބޮޑު ވެގެން ފުލުހުން ހަރަކާތްތެރި ވަނި ކޮށް-- ފޮޓޯ: ޕޮލިސް

މާލޭ މަގުމަތީ ފެންބޮޑު ވެގެން ފުލުހުން ހަރަކާތްތެރި ވަނި ކޮށް-- ފޮޓޯ: ޕޮލިސް

ރާއްޖެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ ހއ އަތޮޅުން ފެށިގެން މ އަތޮޅަށް ވަނީ މިއަދުގެ 16:00 އިން 22:00 އަށް ހުދު ސަމާލު ނެރިފައެވެ.

އޭގެ އިތުރުން ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ. ކަނޑު އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދާވާނެ ކަން ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ރާޅުގައި 3-6 ފޫޓު ހުންނާނެއެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެގެން ހަރަކާތްތެރިވަމުން އަންނަކަމަށް ފުލުހުންނާއި، ސިފައިން ވެސް ވަނީ ބުނެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ، ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ޓްރަފަކާ ގުޅިގެން ކުރާ ވިއްސާރައެއްކަމަށް މެޓުން ވަނީ ބުނެފައެވެ.

މެޓުން ލަފާކުރާގޮތުގައި މި ކުރާ ވިއްސާރައަށްފަހު މޫސުން އަލިވާނީ މިމަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ.ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

871x217_placeholder