މާޓީނޭޒްގެ ފޮނުއެރުވުންގަނޑު އަތަށްގޮވައި، ޕީއެސްޖީއިން ސެމީއާ ފިޔަވަޅަކާއި ގާތަށް

ޕީއެސްޖީއިން މިސާޒަނުގައި އަންނަނީ މޮޅުކުޅުމެއް ދައްކަމުން. ފޮޓޯ: ޕީއެސްޖީ

10 އޭޕްރީލު 2025 - 04:37
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ޕެރިސް ސަންޖަރމަން (ޕީއެސްޖީ) އާއި އެސްޓަން ވިލާ އާ ދެމެދު ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ޕީއެސްޖީ ކާމިޔާބުކޮށްފިއެވެ.
މިމެޗު ފެށުމުގެ ކުރިން އެންމެ ފަހުގެ ވޯލްޑްކަޕް ފްރާންސް ބަލިކޮށް ކާމިޔާބުކުރި އާރޖެންޓީނާ އަދި އެސްޓަން ވިލާގެ ކީޕަރު މާޓީނޭޒް ވަނީ ފްރާންގް ސަޕޯޓަރުން ރުޅިއެރުވުމަށް މިމެޗާއި ދިމާކޮށް އިސްތަށިގަނޑުގައި އާރޖެންޓީނާގެ ކުލަތަކުން ކުލަޖައްސައި، ވޯލްޑްކަޕްގެ ތަށްޓާއެކު ފޮޓޯ ޖަހާފައިވާ ތޮފި އަޅައިގެން ފްރާންސްގެ ސަފޯޓަރުންނަށް ދައްކާލަން ދަނޑަށް ގޮސްފައެވެ. މާޓީނޭޒް މީގެކުރިންވެސް ވަނީ އެތަކެއް ފަހަރުތަކެއްގެ މަތީން ފްރާންސް ގެ ސަފޯޓަރުން 'ޕްރޮވޯކް' ކޮށްފައެވެ. އެގޮތުން ވޯލްޑްކަޕްގައި ސްތޭޖުމަތީގައި ޓްރޮފީއާއެކު މީގެ ކުރިން ނޭއްގާނީ ވައްތަރުތަކެއް ޖައްސާފައިވާއިރު، ފްރާންސްގެ ސްޕޯޓަރުންނަށް މަލާމަަތްކޮށް، ނަސްލީގޮތުން ދިމާކުރުމުަށް ލަވައެއް ކިޔާފައިވާ މައްސަލަވެސް މީގެ ކުރިން މީޑިޔާގައި ވަނީ ހޫނުވެފައެވެ. ރޭގެ މެޗުގައި މާޓީނޭޒްގެ ފައިގައި ބޯޅަޖެހޭ ކޮންމެ ފަހަރަކު ފްރާންސްގެ ސަޕޯޓަރުން ވަނީ 'ބޫ' ކޮށްފައެވެ.
މާޓީނޭޒް ފާހަގަވެގެންދަނީ ދަނޑުމަތީގައާއި ދަނޑުން ބޭރުގައި ސަޕޯޓަރުން ރުޅިއެރުވުމަށް މަޝްހޫރު ކުޅުންތެރިއެއްގެ ގޮތަށް.
ރޭގެ މެޗުގައި ޕީއެސްޖީން ވަނީ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ، އެސްޓަން ވިލާގެ ގޯލަށް ނުރައްކާތެރި 29 ހަމަލައެއް ފޮނުވާލާފައެވެ. މީގެ ތެރެއިން 10 ހަމަލާ ވަނީ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖެހީ އެސްޓަން ވިލާއިންނެވެ. މެޗުގެ 35 ވަނަ މިނިޓުގައި ޔޫރީ ޓިއެލެމަންސް އަރިމަތިން ނަގައިދިން ހުރަހަކުން މޯގަން ރޮޖާރސް ވަނީ ލަނޑެއް ޖަހާފައެވެ. އޭގެ ހަތަރު މިނިޓު ފަހުން ޕީއެސްޖީގެ ޑިސަޔާ ޑޯއޭ ވަނީ އޭރިޔާ ބޭރުން ފޮނުވާލި ވަރަށް ރީތި ޝޮޓަކުން މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރު މިނިޓުގައި ޖިއޯޖިއާގެ މިޑްފީލްޑަރ ކަވީޗާ ކްވަރަޓްސްކޭލިއާ ވަނީ އިތުރު ލަނޑެއް ޖަހާ ޕީއެސްޖީއަށް ކުރިއެރުން ހޯދައިދީފައެވެ.
އަދި މެޗުގެ އިތުރު ވަގުތުގައި ނޫނޯ މެންޑޭޒް ޖެހި ލަނޑާއެކު މެޗު ނިމުނީ 3-1 އިން ޕީއެސްޖީ ކާމިޔާބުކޮށްގެންނެވެ.
މި ނަތީޖާއާއެކު އަންނަ ހަފުތާގައި ވިލާ ޕާކުގައި ކުޅޭ ދެވަނަ ލެގުގައި ސެމީ ފައިނަލަށް ދިއުމަށް އެސްޓަން ވިލާއަށް ކުރަންޖެހޭ މަސައްކަތް ވަނީ އިތުރަށް ބޮޑުވެފައެވެ. އެ މެޗުގައި އެސްޓަން ވިލާއިން މަދުވެގެން ދެ ލަނޑުގެ ތަފާތުން މޮޅުވާން ޖެހޭނެއެވެ
އިތުރު ލިޔުންތައް

ޔުއޭފާ ޗެމްޕިއަންސް ލީގު: ދުނިޔޭގެ އެންމެ ކާމިޔާބު ދެ ކުލަބުގެ ކުރިމަތިލުން މިރޭ
5 މަސް ކުރިން
އަންނައަހަރަކީ އަހަރެމެންގެ ފަހަރު. އާރސެނަލްގެ ނިމުމެއްނެތް ހުވަފެން
5 މަސް ކުރިން
ބާސެލޯނާ ޗެންޕިއަންސް ލީގުގައި ފަހަތް ބެލުމެއް ނެތް.
5 މަސް ކުރިން