logo
MPL

MPL

ކުޅިވަރު

ބާސެލޯނާއި ޗެންޕިއަންސް ލީގުގައި ފަހަތް ބެލުމެއް ނެތް.

އަބްދުﷲ ޣާނިމް
7 ނޮވެމްބަރު 2024 - 09:39
ބާސެލޯނާގެ ފޯވާޑް ލެވަންޑޮވްސްކީ. ފޮޓޯ: ބާސެލޯނާ
ބާސެލޯނާގެ ފޯވާޑް ލެވަންޑޮވްސްކީ. ފޮޓޯ: ބާސެލޯނާ

ޔުއޭފާ ޗެންޕިއަންސް ލީގުގެ ރައުންޑް 4 އެއްގައި ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑް ބަލިކޮށް ބާސެލޯނާ ޔުއޭފާ ޗެންޕިއަންސް ލީގުގެ ތާވަލުގެ 6 ވަނަ އަށް ޖެހިލައިފިއެވެ. ރެޑް ސްޓާ ގެ އަމިއްލަ ދަނޑުގައި ކުޅެވުނު މި މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 2-5 އިންނެވެ.

މި މެޗުގައި ބާސެލޯނާގެ ލެވަންޑޮވްސްކީ ވަނީ ދެގޯލު ޖަހާފައެވެ. މިއި ޗެންޕިއަންސް ލީގުގައި ލެވަންޑޮވްސްކީ ޖެހި 5 ވަނަ ގޯލެވެ. މި އާއެކު ލެވަންޑޮވްސްކީ ވަނީ މި ސީޒަނުގައި 17 މެޗުން 20 ގޯލު ޖަހާފައެވެ. ރޭގެ ގޯލާއެކު އޭނާވަނީ ޗެންޕިއަންސް ލީގުގެ ގޯލު ޗާޓުގެ އެއްވަނައަށް އަރާފައެވެ. މި މެޗުގައި ބާސެލޯނާގެ ޑިފެންޑަރ ކުންޑޭ ވަނީ 3 އެސިސްޓް ހަދާފައެވެ.   

Ad by Hajj Corporation

Ad by Hajj Corporation

ރޭގެ މޮޅާއެކު ބާސެލޯނާއިން ވަނީ މި ސީޒަންގައި ކުޅުނު 16 މެޗުން 55 ގޯލުޖަހާފައެވެ. އަދި އެޓީމުވަނީ ޔޫރަޕުގެ އެންމެ ބޮޑު 5 ލީގުގައި މި ސީޒަންގައި އެންމެ ގިނަ ގޯލް ޖެހުމުގެ ރެކޯޑް ހަދާފައެވެ.

ނިމިދިޔަ ޓްރާންފާ ގައި ކޯޗުކަމާ ހެންސީ ފްލިކް ހަވާލުވިފަހުން ޒުވާން ސްކޯޑަކާއެކު ބާސެލޯނާއިން އަންނަނީ މޮޅު ކުޅުމެއް ކުޅެމުންނެވެ. އެގޮތުން ބާސެލޯނާ މިހާރުވެސް އޮތީ ސްޕެނިޝް ލަލީގާގެ އެއްވަނައިގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑެތި މެޗުތަކުން ބަލިވުމުގެ ހުރިހާ ރޯޅިއެއް ކުދިޓީމުތަކަށް، ބާސާގެ ރޯޅި މިފަހަރު އަލާވެސް އަށްކުޅިވަރު | ދުވަހެއް ކުރިންއުސޫލުން ބޭރުން ބާސެލޯނާ އަލްވަރޭޒް ގެންނަން އުޅުނު މައްސަލައިގައި ކިއްލިގޮށްޓަކުން ޖޫރިމަނާކޮށްފިކުޅިވަރު | 5 ދުވަސް ކުރިންއުދުހިފައި އުޅުނު ބާސެލޯނާ ހަމަބިމަށް ތިރިކޮށް ރެއާލް މެޑްރިޑުން ބާސެލޯނާ ހަވަރަށްދީފިކުޅިވަރު | 7 ދުވަސް ކުރިންކުއްލިގޮތަކަށް ރެއާލް މެޑްރިޑްގެ ކީޕަރު ބަލިވެ، މިރޭގެ މެޗުގެ ކުރިން އިތުރު ހާސްކަމެއްކުޅިވަރު | 8 ދުވަސް ކުރިން