އިނގިރޭސިވިލާތަށް ރައީސް ކުރެއްވި ދަތުރުފުޅަށް ޚަރަދުވީ އެއްލައްކަ ރުފިޔާ

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތުގެ ލިވާޕޫލު ސްޓޭޑިއަމް -- ފޮޓޯ: ރައީސް އޮފީސް
.jpg&w=3840&q=75)
10 އޭޕްރީލު 2025 - 06:49
އިނގިރޭސިވިލާތުގެ ލިވަޕޫލް އެފްސީއާއެކު ރާއްޖެއިން ފެށި ފަތުރުވެރިކަމުގެ ކެމްޕެއިން ފައްޓަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ގައުމަށް ކުރެއްވި ދަތުރުފުޅަށް ސަރުކާރުން ޚަރަދުކުރީ އެންމެ އެއްލައްކަ ރުފިޔާކަން ހާމަކޮށްފިއެވެ.
ރައީސް އިނގިރޭސިވިލާތަށް ވަޑައިގަންނަވާފައިވަނީ މި މަހުގެ އެކަކުން، ފަހެއްގެ ނިޔަލަށެވެ. އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު އާއި، އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ އަދި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެގޮތުން ރައީސް އޮފީހުން މިއަދު އާންމުކުރި އެ ދަތުރުފުޅުގެ ޚަރަދުތަކުގެ ތަފްސީލުތަކުން ފެންނަ ގޮތުގައި، ރައީސްގެ އެ ދަތުރުފުޅަށް ރައީސް އޮފީހުން ޚަރަދުކޮށްފައިވަނީ 153،689.92 ރުފިޔާއެވެ.
ރައީސް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ފެއްޓެވި ލިވާޕޫލްގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު"ގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖައްސެމުގެ ކެމްޕޭނަކީ ތިން އަހަރާއި ހަ މަސް ދުވަހަށް ކުރިއަށް ގެންދާ ކެމްޕޭނެކެވެ. މި ކެމްޕޭންގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ފަތުރުވެރިންނަށް ހިތްވަރު ދިނުމެވެ.
މި ކެމްޕޭންގެ ދަށުން، ލިވަޕޫލްގެ ހޯމް މެޗުތަކުގައި އެލްއީޑީ ނިޝާންތަކާއި، ސްޓޭޑިއަމްގެ އެކި ސަރަހައްދުތަކުގައި ރާއްޖޭގެ ޓޫރިޒަމް ބްރޭންޑިން ފެންނާނެއެވެ.
މީގެ އިތުރުން، ލިވަޕޫލްގެ ރަސްމީ ޕަބްލިކޭޝަންތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ވެސް ރާއްޖެ ޕްރޮމޯޓްކުރާނެއެވެ. އަދި ޔޫރަޕްގެ މުހިއްމު މާކެޓުތަކުގައި ބިލްބޯޑުތަކުން ރާއްޖޭގެ މަންޒަރުތައް ދައްކާލުމަށް ވެސް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން، މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގައި ތިބި ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، އެ ދަރިވަރުންގެ ތަޢުލީމީ ކަންކަން ކުރިއަށްދާ ގޮތާއި، ދަރިވަރުންގެ ތަޖުރިބާތަކާއި ގުޅޭގޮތުން އޮޅުންފިލުވާފައެވެ. އަދި މަތީ ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށްދެއްވުމުގައި ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އެދަރިވަރުންނަށް ދެއްވާފައެވެ.
އިތުރު ލިޔުންތައް

މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުވެފައިމިވަނީ ރައީސްގެ މަސައްކަތްޕުޅުން: މިނިސްޓަރ މާރިޔާ
8 މަސް ކުރިން
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ އަންނަ ހޮނިހިރު ދުވަހު އޮންނާނެ
8 މަސް ކުރިން
މަސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގު އިޙްތިރާމާއެކު ވަޒަންކުރުމަކީ ގައުމީ ވާޖިބެއް: ރައީސް
5 މަސް ކުރިން