logo
MPL

MPL

ޚަބަރު

ދޫހިމެރިގެ ތަޅާލުމަށްފަހު މަގު ހުޅުވާލައިފި

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު
15 ސެޕްޓެމްބަރު 2024 - 04:22
އަލިފާން ރޯވި ދޫހިމެރިގެ ތަޅާލާފައި --މެންދުރު ފޮޓޯ
އަލިފާން ރޯވި ދޫހިމެރިގެ ތަޅާލާފައި --މެންދުރު ފޮޓޯ

ދެފަހަރެއްގެ މަތިން އަލިފާނުގެ ހާދިސާ ހިނގި ހ. ދޫހިމެރިގެ ތަޅާލުމަށްޓަކައި ބަންދުކުރި ދޫހިމެރިމަގު މަސައްކަތް ނިންމުމަށް ފަހު ހުޅުވާލައިފިއެވެ.

ދޫހިމެރިގޭގައި ދެފަހަރެއްގެ މަތިން އަލިފާނުގެ ހާދިސާއެއް ހިނގީ މިމަހުގެ 9ވަނަ ދުވަހުއެވެ. އެ ހާދިސާއަށްފަހު އެ ގެ ތަޅާލުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ ސިޓިތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސޯސަންމަގު ގާމަގު ކެފޭ ކަންމަތީ ހުންނަ ދޫހިމެރިގޭގައި އަލިފާން ރޯވެ އެތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އެތަނަކީ ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުން ދިޔަ ތަނެކެވެ.

އެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން އަންހެނަކު ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. ނަމަވެސް އެމީހާއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި އެއްވެސް އިދާރާއަކުން ހާމަކޮށްފައެއްނުވެއެވެ. އެ ހާދިސާގެ ސަބަބުން 57 މީހަކު ޙާލުގައި ޖެހިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރޮޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި 37 ދިވެހިންނާއި، 20 ބިދޭސީއަކު ހިމެނެއެވެ. އެ މީހުންނަށް ރައްކާތެރިކަމާ އެކު ދާއިމީ ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަސައްކަތް ކަމާ ގުޅޭ އިދާރާތަކާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގެ ކެފޭއެއްގައި ގޭސް ސިލިންޑަރެއް ގޮވައި ފަސް މީހަކަށް އަނިޔާވެއްޖެޚަބަރު | 9 ދުވަސް ކުރިންފުނަދޫ ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވެ އަނދަނީޚަބަރު | 16 ދުވަސް ކުރިންހިޔާޓަވަރު ފުލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ގެއްލުންވެއްޖެޚަބަރު | 18 ދުވަސް ކުރިންތިން ބާރުގެ އޮފީހުގައި ހުޅުޖަހަން ގޮވާލި މައްސަލަ ބަލަނީޚަބަރު | 21 ދުވަސް ކުރިން