logoEN
ޚަބަރު

ޚާރިޖީ ވަޒީރު ޑރ. ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ތުރުކީވިލާތަށް

އާމިނަތު ސަފާއާމިނަތު ސަފާ

10 އޭޕްރީލު 2025 - 09:33

އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގެ ހަތަރުވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށް ތުރުކިޔޭގެ ޚާރިޖީ ވަޒީރު، ހަކާން ފިދާންގެ ދަޢުވަތަކަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުالله ޚަލީލް މިއަދު ތުރުކިޔޭގެ އަންތާލިއާއަށް ވަޑައިގެންފިއެވެ.

"ރީކްލެއިމިންގ ޑިޕްލޮމަސީ އިން އަ ފްރެގްމެންޓެޑް ވޯލްޑް" ގެ ޝިއާރުގެ ދަށުން މި މަހުގެ 11 އިން 13ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމް އޮންނާނީ އަންތާލިއާގެ ނެސްޓް ކޮންވެންޝަން ސެންޓަރުގައެވެ.

މި ފޯރަމްގައި "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް" ގެ ނަމުގައި ބާއްވާ ޕެނަލް ޑިސްކަޝަންގައި ޚާރިޖީ ވަޒީރު ޑރ ޚަލީލް ބައިވެރިވެވަޑައިގަތުމަށް ވަނީހަމަޖެހިފައެވެ. އަދި ޚާރިޖީ ވަޒީރު،

މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ރަޙްމަތްތެރި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ މި ފޯރަމްގެ ހަވާސާގައި ބައްދަލުކުރެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.

ޚާރިޖީ ވަޒީރު ޑރ. ޚަލީލް، އަންތާލިއާ ޑިޕްލޮމަސީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ގޮންޖެހުންތައް ޙައްލުކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކޮށް މަޝްވަރާއާއި އެއްބާރުލުންދޭކަން ހާމަވެގެންދާކަމެކެވެ.

ކޮމެންޓް

871x217_placeholder