logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޕަވަމަރންޓް ހަބް ތަރައްޤީކުރުމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

އެމްޕަވަމަރންޓް ހަބް ތަރައްޤީކުރުމާ ގުޅޭ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
އެމްޕަވަމަރންޓް ހަބް ތަރައްޤީކުރުމާ ގުޅޭ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

އެމްޕަވަމަރންޓް ހަބް ތަރައްޤީކުރުމާ ގުޅޭ ގޮތުން މޯލްޑިވްސް ޒަކާތު ހައުސް އާއި އިސްލާމިކް މިނިސްޓްރީ އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނާއި މި ވުޒާރާއިން ބައްދަލުކޮށްފިއެވެ. 

މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމްގެ އިތުރުން, އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވަނީ ބައިވެރިވެލައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ޢިއްޒުދީން ޢަދުނާންއާއި, ޒަކާތު ހައުސްގެ ބައެއް އިސްވެރިންނާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިސްވެރިންގެ އިތުރުން, ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އިސް ބޭފުޅުންވެސް ބައިވެރިވެލައްވާފައިވެއެވެ.

އެމްޕަވަރމަންޓް ހަބް އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މުޖުތަމަޢުގައި ފުރިހަމައަށް ބައިވެރިވެ، އާމްދަނީ ހޯދުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަގުސަދުގައި ގާއިމްކުރާ ޚާއްސަ މަރުކަޒެކެވެ. އަދި މި ހަބަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުނަރު ދަސްކޮށްދީ، އެމީހުންގެ އުފެއްދުންތައް ވިއްކައި، ވަޒީފާ އަދާކުރެވޭނެ ފަދަ ޚާއްޞަ މަރުކަޒެކެވެ. 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

3 ރަށެއްގައި އިސްލާމީ މަރުކަޒު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 3 ދުވަސް ކުރިންޒަކާތު ކައުންސިލުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފިޚަބަރު | 10 ދުވަސް ކުރިންރޯދަ މަހަށް 15 މިސްކިތެއްގެ މަސައްކަތް ނިންމަނީޚަބަރު | 12 ދުވަސް ކުރިންއަވަސް އެޕް މެދުވެރިކޮށް ފިޠުރު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިޚަބަރު | 16 ދުވަސް ކުރިން