logo
Bank of Maldives

Bank of Maldives

ޚަބަރު

އަލް އަބްރާރު ޢުމްރާ ގްރޫޕުގެ ހުއްދަ ހިފަހައްޓައިފި

އިސްމާޢިލް ރާތިޢު
5 މާރިޗު 2026 - 08:37
އަލް އަބްރާރު ޢުމްރާ ގްރޫޕުގެ ހުއްދަ ހިފަހައްޓައިފި

ފުރަން ތައްޔާރުވެފައިވަނިކޮށް ޢުމްރާ ދަތުރު ކެންސަލްކުރި މައްސަލައިގައި "އަލްއަބްރާރު" ޙައްޖު އެންޑް ޢުމްރާ ކުންފުންޏާ މެދު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ފިޔަވަޅު އަޅައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޢުމްރާއަށް މީހުން ގެންދިއުމަށް އަލްއަބްރާރު ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ވަގުތީގޮތުން ހިފަހައްޓާފައިވާކަމަށާއި އެކަން އެކުންފުންޏަށް މިހާރު އަންގާފައިވާކަމަށެވެ.

އަދި އެކަމާ ގުޅޭގޮތުން އިތުރަށް ސާފުކުރަންޖެހޭ މަޢުލޫމާތުތަކާއި، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އުސޫލުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް ކުންފުންޏާ ދެކޮޅަށް އަޅާނެ ކަމަށްވެސް ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.

"އަލްއަބްރާރު" ކުންފުނިންވަނީ މި ރަމަޟާން މަހަށް ޚާއްސަކޮށް، 3 މާރިޗުން 26 މާރިޗުގެ ނިޔަލަށް ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރަށް ފުރަން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދަނިކޮށް އެދަތުރު ކެންސަލްކޮށްފައެވެ.

މިމައްސަލައިގެ ޝަކުވާ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއަށް ލިބުމާ ގުޅިގެން މިހާތަނަށް ސާފުކުރި މަޢުލޫމާތަށް ބަލާއިރު، ޢުމްރާ ދަތުރު ކެންސަލްކޮށްފައިވަނީ ޤަބޫލުކުރެވޭ އެއްވެސް ސަބަބެއް ނެތި އަދި ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ޚިލާފަށްކަމަށް އެވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

އަލްއަބްރާރު ގްރޫޕާއެކު ރަމަޟާން ޢުމްރާއަށް ދިއުމަށް 120 މީހަކު ފައިސާ ދައްކާފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެމީހުންނަށް ދަތުރު ކެންސަލްވިކަން އެންގީ ދަތުރަށް ފުރަން އޮތް ދުވަހު، ހުރިހާ ކަމެއް ތައްޔާރުކޮށްފައިވަނިކޮށެވެ.

މިގްރޫޕާއެކު ޢުމުރާއަށް ދިއުމަށް ފައިސާ ދެއްކި މީހުންނާއި މީގެއިތުރުންވެސް އެކި ސަބަބުތަކާ ހުރެ ރަމަޟާން ޢުމްރާއަށް ނުފުރި ތިބި މީހުންނަށް އެހީވުމުގެ ގޮތުން، އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއާއި ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަން ގުޅިގެން އެ ފުރުޞަތު ފަހިކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްލާމީ ދާއިރާއިން 14 ރަށެެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފިޚަބަރު | މަހެއް ކުރިންފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަސްޚަބަރު | މަހެއް ކުރިންޒިކުރާ މިސްކިތް ބިމުގައި ޒަމާނީ ރީތި މިސްކިތެއްޚަބަރު | މަހެއް ކުރިންބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރުން: މާލެ ސިޓީގެ 4 ސަރަހައްދެއްގައިޚަބަރު | މަހެއް ކުރިން