logo
MPL

MPL

ޚަބަރު

ފިތުރު ޒަކާތުގެ ގޮތުގައި 5 މިލިއަން ރުފިޔާ ބަލައިގަނެފި

މުޙައްމަދު އަފްރާޙް
9 މާރިޗު 2026 - 05:33
ފިތުރު ޒަކާތުގެ ގޮތުގައި 5 މިލިއަން ރުފިޔާ ބަލައިގަނެފި

ފިތުރު ޒަކާތުގެ ގޮތުގައި 5 މިލިއަން ރުފިޔާ ބަލައިގަނެފިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި މި ހިނގާ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 5.48 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ފާއިތުވި ތިން އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެއް ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 4.46 މިލިއަން ރުފިޔާއެވެ. އަދި 2024 ވަނަ އަހަރުގެ މި މުއްދަތުގައި 2.63 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2023 ވަނަ އަހަރު ލިބިފައިވަނީ 2.79 މިލިއަން ރުފިޔާއެވެ.

މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ. ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް މައިގަނޑު ގޮތެއްގައި ހަމަޖައްސާފައިވަނީ އޮންލައިން ހަތް ޕްލެޓްފޯމެއް މެދުވެރިކޮށެވެ.

އޭގެ ތެރޭގައި ހިމެނެނީ ދިރާގު މޯބައިލް އެޕް އަދި ދިރާގު ޕޭ ވެބްސައިޓް، އުރީދޫ އެމް-ފައިސާ މޯބައިލް އެޕް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ގެ މޯބައިލް އެޕް، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ މޯބައިލް އެޕް، ފަހިޕޭ މޯބައިލް އެޕް، އަވަސް މޯބައިލް އެޕް އަދި ބަނޑޭރި ޕޭ ވެބްސައިޓެވެ.

މީގެ އިތުރުން، އޮންލައިންކޮށް ޒަކާތް ދައްކަން އަހުލުވެރި ނޫން ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، މި އަހަރު އަލަށް ކޭޝް ކާޑު ބޭނުންކޮށްގެންވެސް ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން އޮންލައިންކޮށް ޒަކާތް ދައްކަން ދަތިވާ ފަރާތްތަކަށް، އެ ރަށެއްގެ ރަށު ކައުންސިލް އިދާރާ މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށްވެސް ޒަކާތު ހައުސްއިން މައުލޫމާތު ދެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބު ގާތްގަނޑަކަށް ނަވާރަ ހާހަށް ތިރިވެއްޖެޚަބަރު | 5 ދުވަސް ކުރިން ޖޫން މަހު މުދަލު ޒަކާތަށް 21.3 މިލިއަން ރުފިޔާޚަބަރު | 24 ދުވަސް ކުރިންޖޫންމަހުގެ ނިޔަލަށް މުދަލުގެ ޒަކާތުގެ ގޮތުގަައި 79 މިލިއަން ރުފިޔާ ލިބިއްޖެޚަބަރު | މަހެއް ކުރިންފައިނޭންޝަލް އެކްސްޕޯ: ޒަކާތު ހައުސް ސްޓޯލަށް ޒިޔާރަތްކޮށްގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު!ޚަބަރު | 2 މަސް ކުރިން