logo
ޚަބަރު

5 ސިޔާސީ ޕާޓީއަކަށް 27.9 މިލިޔަން ރުފިޔާ ދޫކުރަން ނިންމައިފި

އާމިނަތު ޝަފާ
10 އޭޕްރީލު 2025 - 11:11
5 ސިޔާސީ ޕާޓީއަކަށް 27.9 މިލިޔަން ރުފިޔާ ދޫކުރަން ނިންމައިފި

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭން ޖެހޭ ފައިސާގެ ގޮތުގައި މި އަހަރު 27 މިލިއަން ރުފިޔާ ދޫކުރަން ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.

ކޮމިޝަނުން މިއަދު ހާމަކުރި މައުލޫމާތުގައިވާގޮތުން ފައިސާ ދޫކުރަން ނިންމާފައިވަނީ އެމްޑީޕީ، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި ކޮންގްރެސް ޕާޓީއަށެވެ.

ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަވާ ޕާޓީތަކަށެވެ. 2023 ޑިސެމްބަރ 13 ވަނަ ދުވަހު ބަޖެޓް ފާސްކުރިއިރު، ދިހަހާސް މެންބަރުން ހަމަވަނީ، އެމް.ޑީ.ޕީ، ޕީޕީއެމް، ޖޭޕީ، ޕީ.އެންސީ، އެމް.ޑީ.އޭ އަދި ޢަދާލަތު ޕާޓީގައެވެ. މި ޕާޓީތަކަށް ޖުމްލަ 27،911،256 (ހަތާވީސް މިލިއަން ނުވަ ލައްކަ އެގާރަ ހާސް ދުއިސައްތަ ފަންސާސް ހަ) ރުފިޔާ ދޫކުރުމަށް އިލެކްޝަނަސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

ޕާޓީތަކަށް ފައިސާ ބެހި ގޮތް:

ފައިސާދޫކުރާ ޕާޓީތަކާއި ޢަދަދު:

• މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ): 8.4 މިލިޔަން ރުފިޔާ
• ޖުމްހޫރީ ޕާޓީ(ޖޭޕީ): 2.6 މިލިޔަން ރުފިޔާ
• މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް(އެމްޑީއޭ): 1.7 މިލިޔަން ރުފިޔާ
• ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ): 13.3 މިލިޔަން ރުފިޔާ
• އަދާލަތު ޕާޓީ (އޭޕީ): 1.7 މިލިޔަން ރުފިޔާ

 

ޕާޓީތަކުގައި މެމްބަރުން ތިބި އަދަދުތައް:

ފައިސާ ލިބޭ ޕާޓީތަކުގެ މެންބަރުންގެ ޢަދަދު:

• ޕީޕަލްސް ނޭޝަނަލް ކޮންގްރެސް: 68،968 މެންބަރުން
• މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ: 43،755 މެންބަރުން
• ޖުމްހޫރީ ޕާޓީ: 13،826 މެންބަރުން
• މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް: 9،210 މެންބަރުން
• އަދާލަތު ޕާޓީ: 9،049 މެންބަރުން

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 9 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައި އެބައޮތެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރީގެ ނައިބުރައީސް އަދީބުގެ އެމްޓީޑީ އުވާލަން އީސީން ނިންމައިފިޚަބަރު | 4 ދުވަސް ކުރިންބޮލަކަށް 193 ރުފިޔާގެ މަގުން 5 ސިޔާސީ ޕާޓީއަކަށް 43.3 މިލިޔަން ރުފިޔާ ޚަބަރު | 4 ދުވަސް ކުރިންޕީއެންސީ ހުއްޓުމެއްނެތް، އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކީ ޕީއެންސީޚަބަރު | 2 މަސް ކުރިންލޯކަލް ކައުންސިލް އިންތިހާބު އޭޕްރީލް ގައިޚަބަރު | 3 މަސް ކުރިން