logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔުނައިޓެޑުގެ ތާރީޚުގެ އެންމެ ދަށް ގޯލްކީޕަރުކަން އޮނާނާ ސާބިތުކޮށްދީފި

އަބްދުﷲ ޣާނިމް
11 އޭޕްރީލު 2025 - 05:07
ލިޔޯންގެ ދެގޯލުވެސް ރޭގައި ވަދެފައިވަނީ އޮނާނާގެ ގޯސްތަކުގެ ސަބަބުން. ފޮޓޯ: ފަބްރީޒިއޯ
ލިޔޯންގެ ދެގޯލުވެސް ރޭގައި ވަދެފައިވަނީ އޮނާނާގެ ގޯސްތަކުގެ ސަބަބުން. ފޮޓޯ: ފަބްރީޒިއޯ

ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ ލިއޯންގެ ގްރޫޕާމާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު އެންޑްރޭ އޮނާނާގެ ފަރާތުން ފެނުނު ބޮޑެތި ގޯސްތަކާ އެކު މެޗު ނިމިގެން ގޮސްފައިވަނީ 2-2 އިން އެއްވަރުވެފައެވެ.

މެޗުފެށުމުގެ ކުރިން ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިޔާ މެޓިޗް، އޮނާނާއާއި އަކީ ޔުނައިޓެޑުގެ ތާރީޚުގެ އެންމެ ދަށް ކީޕަރުކަމަށް ވަނީ ބުނެފައެވެ. އަދި އެކަން ރޭގެ މެޗުގައި ލިޔޯންގެ ދެގޯލުންވެސް ފެނިފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

2023/24 ވަނަ ސީޒަން ފެށުނު ފަހުން އޮނާނާ ވެފައިވަނީ ކީޕަރުގެ ސަބަބުން ބައިކޮޅަށް އެންމެ ގިނަ ގޯލުވަދެފައިވާ ޕްރީމިއަރ ލީގުގެ ކީޕަރަށެވެ.

ފަންސާސް އަށް ހާހަށްވުރެ ގިނަ ސަޕޯތަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ލިއޯންގެ ފަރާތުން ފުރަތަމަ ލަނޑު ޖެހީ 25 ވަނަ މިނެޓުގައި ތިއާގޯ އަލްމާޑާއެވެ. އެއީ އެ ޓީމަށް ދުރުން ލިބުނު ހިލޭ ޖެހުމަކުން އަލްމާޑާ ކާމިޔާބުކުރި ލަނޑެކެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޔުނައިޓެޑްގެ ލެނީ ޔޯރޯ ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައިވަނިކޮށް ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ނަގައިދިން ހުރަހަކުން ޖޯޝުއާ ޒިރްކްޒީ ވަނީ ލަނޑެއް ޖަހާ ޔުނައިޓެޑަށް ކުރި ހޯދައިދީފައެވެ. ނަމަވެސް މެޗުގެ ފަހު ސިކުންތުކޮޅުގައި އޮނާނާގެ ބޮޑު ގޯހަކުން ލިއޯންގެ ރަޔާން ޗާރކީ ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

ޗާރކީ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ޖޯޖެސް ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ އޮނާނާގެ އަތުން ދޫވުމުންނެވެ. މި މެޗުގައި ލިއޯން އިން ޖެހި ފުރަތަމަ ލަނޑުގައިވެސް އޮނާނާގެ ފަރާތުން ވަނީ ގޯސްތަކެއް ފެނިގެން ގޮސްފައެވެ.

\މި މެޗުގެ ކުރިން ޔުނައިޓެޑް އަކީ ހުރިހާ ގޮތަކުންވެސް ލިއޯންއަށްވުރެ ރަނގަޅު ޓީމެއްކަމަށް އޮނާނާ ބުނެފައިވީ ނަމަވެސް، އޮނާނާގެ ގޯސްތަކުގެ ސަބަބުން މެޗު ނިމިގެން ދިޔައީ އެއްވަރުވެގެންނެވެ.
މިދެޓީމު ވާދަކުރާ ކުއާޓަރ ފައިނަލުގެ ދެވަނަ ލެގު އަންނަ ހަފްތާގައި ޔުނައިޓެޑުގެ ދަނޑުގައި ކުޅެވޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔުނައިޓެޑް ދުއް އެންމެ ދަށް ކޯޗަށް ވަޒީފާ ސަލާމަތްކުރުމަށް ބާކީ ތިންމެޗުކުޅިވަރު | ދުވަހެއް ކުރިންސިޓީއިން މެންޗެސްޓަރ ޔުނައިޓެޑްގެ އަސްލު މަޤާމަށް ފޮނުވާލައިފިކުޅިވަރު | 4 ދުވަސް ކުރިންޔުނައިޓެޑްގެ ކީޕަރ އޮނާނާ ތުރުކިޔޭއަށް، ސަޕޯޓަރުން އުފާ ފާޅުކުރަނީކުޅިވަރު | 10 ދުވަސް ކުރިންވޯލްޑް ޗެންޕިއަންސް ދޫކޮށްލައި ފަހުވަގުތު ލަމެންސް މެންޗެސްޓަރ ޔުނައިޓެޑުން ސޮއިކޮށްފިކުޅިވަރު | 17 ދުވަސް ކުރިން