logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔުނައިޓެޑްގެ ކީޕަރ އޮނާނާ ތުރުކިޔޭއަށް، ސަޕޯޓަރުން އުފާ ފާޅުކުރަނީ

އަބްދުﷲ ޣާނިމް
8 ސެޕްޓެމްބަރު 2025 - 06:41
ޔުނައިޓެޑްގެ ކީޕަރ އޮނާނާ ތުރުކިޔޭއަށް، ސަޕޯޓަރުން އުފާ ފާޅުކުރަނީ

މެންޗެސްޓަރ ޔުނައިޓެޑްގެ ގޯލްކީޕަރު އެންޑްރޭ އޮނާނާ ޓަރކިޝް ސުޕަރ ލީގްގެ ކްލަބް ޓްރެބްޒޮންސްޕޯއަށް ލޯނު އުސޫލުން ބަދަލުވުމަށް އެއްބަސްވެއްޖެއެވެ.

ކެމެރޫންގެ ގައުމީ ޓީމާއެކު މެޗުތަކެއްގައި ކުޅެމުންދާ އޮނާނާގެ މި ކުލަބަށް ބަދަލުވުން މިހާރު އޮތީ އެންމެ ފަހު މަރުޙަލާގައެވެ. ނަމަވެސް ކުޅުންތެރިޔާއާ ގާތް ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި މި މަހުގެ 14 ވަނަ ދުވަހު ޓްރެބްޒޮންސްޕޯ ފެނަރްބަހްޗޭއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މި ޓްރާންސްފާ ކަންކަން ފުރިހަމަ ކުރެވޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓަރކީގެ ޓްރާންސްފަރ ވިންޑޯ ހުޅުވިފައިވަނީ ހުކުރު ދުވަހާ ހަމައަށެވެ. އެހެންކަމުން އޮނާނާގެ މި ބަދަލުވުން ނިންމުމަށް އެކަށީގެންވާ ވަގުތު އެބައޮތެވެ. ކުރިން އޮނާނާ ވަނީ ޓަރކީގެ އެހެން ކްލަބެއް ކަމަށްވާ ގަލަޓަސަރޭއާވެސް ގުޅޭ ވާހަކަތަކެއް ދެކެވިފައެވެ. ނަމަވެސް އެ ކްލަބުން ވަނީ އުގުރްކަން ޗަކިރް ސޮއިކުރުވާފައެވެ.

ޓަރކީގެ ގައުމީ ޓީމުގެ ގޯލްކީޕަރު ޗަކިރް ވޯލްޑް ކަޕް ކޮލިފައިންގައި ޖޯޖިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅުނެވެ. އޭނާ ގަލަޓަސަރޭއަށް ބަދަލުވީ ސެޕްޓެމްބަރު 2 ވަނަ ދުވަހު 36 މިލިއަން ޔޫރޯ (31.2 މިލިއަން ޕައުންޑް) ގެ ޑީލްއެއްގައެވެ.

ޔުނައިޓެޑުން ސެނެ ލެމެންސް ރޯޔަލް އެންޓްވަރޕްއިން ސޮއިކުރުމާ ގުޅިގެން އޮނާނާ ނުވަތަ އަލްޓައި ބަޔިންދިރް ދޫކޮށްލުމަކީ އެކަށީގެންވާ ކަމެއްކަމަށް ބެލެވެމުން ދިޔައެވެ. މީގެ އިތުރުންވެސް ފާއިތުވެ ދިވަ ދެތިން ސީޒަނުގައި ޔުނައިޓެޑްގެ އެންމެ ނިކަމެތި ޑިޕާޓްމަންތަކީ ގޯލު ބެލެހެއްޓުމެވެ. މިދިޔަ ސީޒަނުގައި އަދި މި ސީޒަނުގައިވެސް ކުޅުނު 3 މެޗެއްގައި އޮނާނާގެ ފަރާތުން ފެނުނު ދަށް ކުޅުމާއެކު ޔުނައިޓެޑްގެ ސަޕޯޓަރުންގެ ކެތްތެރިކަން ވަނީ ކޮޅުންލާފައެވެ. އެހެންކަމުން އޮނާނާ އެހެން ކުލަބަކަށް ބަދަލުވާން އުޅޭ ޚަބަރާއެކު ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ އުފާފާޅުކުރަމް ފަށާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯލްޑް ޗެންޕިއަން ޗެލްސީ ބަލިކޮށް ޔުނައިޓެޑުން އަންނަ ސީޒަނުގެ ޗެންޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމާއި ގާތަށްކުޅިވަރު | 2 ދުވަސް ކުރިންއޮކަފޯގެ ދެ ގޯލާއެކު 45 އަހަރުފަހުން ފުރަތަމަ ފަހަރަށް އޯލްޑް ޓްރެފޯޑްގައި ލީޑްސް މޮޅުވެއްޖެކުޅިވަރު | 7 ދުވަސް ކުރިންގޯޓު ހެރީ މެގުއަރ މެންޗެސްޓަރ ޔުނައިޓެޑްގެ ކޮންޓްރެކްޓް އައުކޮށްފިކުޅިވަރު | 13 ދުވަސް ކުރިންބެކަމްގެ ރެކޯޑް ފެނާންޑޭޒް މުގުރާލައި ތާވަލުގެ ތިންވަނައިގައި ޔުނައިޓެޑް ހަމަޖެހިލައިފިކުޅިވަރު | މަހެއް ކުރިން