logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޑަމްފްރީސް އާއި ކޮނާޓޭއާއެކު އިތުރު ކުޅުންތެރިއެއްގެ ސޮއިހޯދިކަން މެޑްރިޑުން އިޢުލާނުކުރަނީ

އަބްދުﷲ ޣާނިމް
4 ޖޫން 2026 - 14:52
ޑަމްފްރީސް އާއި ކޮނާޓޭއާއެކު އިތުރު ކުޅުންތެރިއެއްގެ ސޮއިހޯދިކަން މެޑްރިޑުން އިޢުލާނުކުރަނީ

ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ މި ހަފްތާގެ ފަހުކޮޅު ކްލަބަށް ގެންނަ "ބޮޑު" ކުޅުންތެރިއަކު އިއުލާން ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ރިޕޯޓްތައް ބުނާގޮތުން މެޑްރިޑުން ގެންނަން މަސައްކަތް ކުރަނީ އިބްރާހިމާ ކޮނާޓޭ އާއި ޑެންޒެލް ޑަމްފްރީސް އެވެ.

މި އިއުލާން ކުރަން ނިންމާފައިވަނީ އަންނަ އާދިއްތަ ދުވަހު ބާއްވާ ރެއާލް މެޑްރިޑުގެ ރިޔާސީ އިންތިޚާބާ ދިމާކޮށެވެ. މި އިންތިޚާބުގައި ޕެރޭޒްއާ ވާދަކުރައްވަނީ އެންރީކޭ ރިކުއެލްމޭ އެވެ. ވޭތުވެދިޔަ ދެ ސީޒަނުގައި ވެސް ލަލީގާ، ކޮޕާ ޑެލް ރޭ ނުވަތަ ޗެމްޕިއަންސް ލީގުގެ ތައްޓެއް މެޑްރިޑަށް ކާމިޔާބު ކުރެވިފައި ނުވާއިރު، މިއީ 2008-2010 އަށް ފަހު އެ ކްލަބުން ތައްޓެއް ނުލިބި މިހާ ގިނަ ދުވަސްވީ ފުރަތަމަ ފަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓްރާންސްފާ މާކެޓުގައި މެޑްރިޑުން ހަރަކާތްތެރިވާނެ ކަމަށް ބެލެވޭއިރު، ލިވަޕޫލާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވެގެން ހިލޭ ޓްރާންސްފާއެއްގައި ކޮނާޓޭ އެ ކްލަބާ ގުޅޭނެ ކަމަށް ވަނީ ބެލެވިފައެވެ. މީގެ އިތުރުން އިންޓަ މިލާނުގެ ޑަމްފްރީސްގެ ކޮންޓްރެކްޓުގައިވާ 20 މިލިއަން ޔޫރޯގެ ރިލީޒް ކްލޯޒް އެކްޓިވޭޓް ކުރުމަށްވެސް މެޑްރިޑުން ދަނީ ތައްޔާރުވަމުންނެވެ.

ސްޕެއިންގެ ނޫހެއް ކަމަށްވާ 'އެލް އެސްޕަނިއޯލް' އަށް ދެއްވި އިންޓަވިއުއެއްގައި ޕެރޭޒް ވިދާޅުވީ، "މި ބުރާސްފަތި ދުވަހު އަޅުގަނޑު އަންނަ ސީޒަނަށް ގެންނަ ފުރަތަމަ ބޮޑު ސައިނިންގް އިއުލާން ކުރާނަން. އެންމެންނަށްވެސް އަޅުގަނޑުގެ ކުޅިވަރުގެ މަޝްރޫއު އެނގޭނެ: އެއީ އެންމެ މޮޅު ކުޅުންތެރިން ބައިތިއްބައިގެން ކާމިޔާބީތައް ހޯދުން،" ކަމަށެވެ.

އިންޓަ މިލާނުގައި މޮޅު ކުޅުމެއް ދައްކަމުންދާ ޑަމްފްރީސް ވަނީ އެ ކްލަބާއެކު ދެ ފަހަރު ސެރީ އޭ އަދި ތިން ފަހަރު ކޮޕާ އިޓަލިއާ ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅުނު 207 މެޗުގައި 49 ގޯލަށް އެހީތެރިވެދީފައެވެ. މިއީ ޔޫރަޕްގެ ގަދަ ފަސް ލީގުގެ ޑިފެންޑަރުންގެ ތެރެއިން އަށްވަނައަށް އެންމެ ރަނގަޅު ރެކޯޑެވެ.

ކުޅުންތެރިންގެ އިތުރުން، އަލްވާރޯ އަރްބެލޯއާ ވަކިވުމަށްފަހު ހުސްވެފައިވާ ކޯޗުގެ މަގާމަށް ޖޯސޭ މޮރީނިއޯ ގެނައުމަށް ޕެރޭޒް މަސައްކަތް ކުރައްވާ ކަމަށްވެސް އަޑުތައް ވަނީ ފެތުރިފައެވެ. މިކަމާ ގުޅޭގޮތުން ޕެރޭޒް ވިދާޅުވީ ވަރަށް އަވަހަށް އާ ކޯޗަކީ ކާކުކަން އިއުލާން ކުރައްވާނެ ކަމަށާއި، އާދިއްތަ ދުވަހުގެ ކުރިން އިތުރު ނަންތަކެއް ހާމަވާނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑަމްފްރީސް އާއި ކޮނާޓޭއާއެކު އިތުރު ކުޅުންތެރިއެއްގެ ސޮއިހޯދިކަން މެޑްރިޑުން އިޢުލާނުކުރަނީކުޅިވަރު | ގަޑިއިރެއް ކުރިންހާޅަންޑާއި ރޮޑްރީ ރެއާލް މެޑްރިޑްއަށް ގެންނާނެކަމަށް ވަޢުދުވެއްޖެކުޅިވަރު | ގަޑިއިރެއް ކުރިންއާޖެންޓީނާގެ ހޫލިއަން އަލްވަރޭޒްގެ ސޮއިހޯދުމުގެ މަސައްކަތް ބާސެލޯނާއިން ބާރަށް ކުރިޔަށްކުޅިވަރު | 7 ދުވަސް ކުރިންފެންފޮދަކާ ނުލައި 24 ގަޑިއިރުތެރޭގައި ގޯޑަން ބާސާއަށް ސޮއިކޮށްފިކުޅިވަރު | 7 ދުވަސް ކުރިން