logo
E-Platinum
ކުޅިވަރު

ޗެންޕިއަންސް ލީގުން ޕީއެސްޖީ ސަސްޕެންޑު ކުރުމަށް އެމްބާއްޕޭ ކޯޓަށް

އަބްދުﷲ ޣާނިމް
11 އޭޕްރީލު 2025 - 06:16
ޕީއެސްޖީގައި އާއި ދެކޮޅަށް މުޗާރައިގެ މައްސަލައިގައި އެމްބާއްޕޭ ވަނީ ކޯޓަށް ގޮސްފައި
ޕީއެސްޖީގައި އާއި ދެކޮޅަށް މުޗާރައިގެ މައްސަލައިގައި އެމްބާއްޕޭ ވަނީ ކޯޓަށް ގޮސްފައި

ރިއަލް މެޑްރިޑްގެ ތަރި ކިލިއަން އެމްބާޕޭ އޭނާގެ ކުރީގެ ކްލަބް ޕެރިސް ސެއިންޓް-ޖަރމަން (ޕީއެސްޖީ) އާ ދެކޮޅަށް 55 މިލިއަން ޔޫރޯގެ މުސާރައާއި އެލަވަންސްގެ މައްސަލައިގައި ޝަރީއަތަށް ހުށަހަޅައިފިއެވެ. މި މައްސަލައިގައި ފިޔަވަޅެއްގެގޮތުން އެމްބާއްޕޭ އެދިފައިވަނީ އޭނާއަށް ދޭންޖެހޭ މުސާރަ އެއްފަހަރާ ދިނުމަށާއި އަދި ޕީއެސްޖީ ޗެމްޕިއަންސް ލީގުން ސަސްޕެންޑް ކުރުމަށް ވެސް އެމްބާޕޭ ވަނީ ޔުއެފާގައި އެދިފައެވެ.

އެމްބާޕޭގެ ވަކީލުން ބުނާ ގޮތުގައި މި މައްސަލައިގައި ހިމެނެނީ 36.6 މިލިއަން ޔޫރޯގެ ސައިނިންގ ބޯނަސްއާއި، ތިން މަހުގެ މުސާރަ (މަހަކު 5.75 މިލިއަން ޔޫރޯ) އަދި މަހަކު 500،000 ޔޫރޯގެ އެތިކަލް ބޯނަސްއެވެ.

 "ލީގް ޑި ފުޓްބޯލް ޕްރޮފެޝަނަލް (އެލްއެފްޕީ) އިން މި މައްސަލައިގައި ނިންމާފައިވަނީ މިއީ އެމްބާއްޕޭ އަށް ދޭންޖެހޭ ފައިސާއެއްގެ ގޮތުގައި ނަމަވެސް، ޕީއެސްޖީން މި ފައިސާ ދޭން އިންކާރު ކުރަމުންދެއެވެ،" އެމްބާޕޭގެ ވަކީލު ޑެލްފިން ވަރހެއިޑެން ވިދާޅުވިއެވެ.

ޕީއެސްޖީން ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ އޯގަސްޓް މަހު އެމްބާޕޭއާއެކު ވެފައިވާ އެއްބަސްވުމެއްގައި، އޭނާ ޓްރާންސްފަރ ފީއެއް ނެތި ކްލަބުން ދޫކޮސްލިކަމުގައިވިޔަސް މި ފައިސާ ދޭން ޕީ.އެސް.ޖީ އިން އޭރު އެއްބަސްވެފައިވެއެވެ. ނަމަވެސް މި މައްސަލައިގައި ޕީއެސްޖީން ވެސް ޝަރީއަތަށް ދިއުމަށް ތައްޔާރުވަމުންދާ ކަމަށް އެ ކްލަބުން ބުނެއެވެ.

މި މައްސަލައިގައި އެމްބާޕޭ ވަނީ ޖިނާއީ، ވަޒީފާގެ އަދި އެއްބަސްވުންތަކާ ގުޅޭ ތިން ވަކީލަކު ހޯދާފައެވެ. އަދި ޔުއެފާގެ ގަވާއިދުތަކުގެ ދަށުން ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާ ނުދައްކާ ކްލަބުތަކަށް ޔޫރަޕިއަން މުބާރާތްތަކުގައި ބައިވެރިނުވެވޭނެ ކަމަށް ބުނެ، ޕީއެސްޖީ އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ސަސްޕެންޑް ކުރުމަށް ވެސް ޔުއެފާގައި އެދިފައިވެއެވެ.

މި މައްސަލައިގެ ސަބަބުން ޕީއެސްޖީގެ ޔޫރަޕިއަން މުސްތަގުބަލަށް ބޮޑެތި އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މި މައްސަލަ ހައްލު ނުކުރެވިއްޖެ ނަމަ، ކްލަބަށް ޗެމްޕިއަންސް ލީގުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލިގެން ހިނގައިދާނެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑޮނަރުމާގެ މުސްތަޤުބަލާމެދު ސުވާލުއުފެދިފައިވާ ދަނޑިވަޅެއްގައި ޕީއެސްޖީއިން ކީޕަރެއްގެ ސޮއިހޯދުމާގާތަށްކުޅިވަރު | 2 ދުވަސް ކުރިންއެމްބާޕޭ ފްރާންސް ފުލުހުންނަށް ފައިސާ ދިން މައްސަލަ ތަހުގީގު ކުރަނީކުޅިވަރު | 14 ދުވަސް ކުރިންފޭވަރިޓް ޕީއެސްޖީ ކޯލްޑް ޕާމާއާއި ޖެހި ގަނޑުވެ، ޗެލްސީ ފުޓްބޯޅައިގެ ރަސްކަމަށްކުޅިވަރު | 18 ދުވަސް ކުރިންޒަބީބޯލް ފޫގޮސް ހުސްއަތާ މެޑްރިޑް ސީޒަން ނިންމާލިއިރު، ޕީއެސްޖީ ވޯލްޑްކަޕްގެ ފައިނަލަށްކުޅިވަރު | 21 ދުވަސް ކުރިން