logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔޫރަޕުގެ ޗެންޕިއަން ހަމަބިމަށްތިރިކޮށް ޗެލްސީއިން ފުޓްބޯޅައިގެ ރަސްކަމަށް

އަބްދުﷲ ޣާނިމް
13 ޖުލައި 2025 - 22:31
ޗެލްސީިއިން ފީފާ ކުލަބް ވޯލްޑްކަޕްގެ ތަށި އުފުލާލަނީ
ޗެލްސީިއިން ފީފާ ކުލަބް ވޯލްޑްކަޕްގެ ތަށި އުފުލާލަނީ

ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލްގައި ޔޫރަޕްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަރމޭން (ޕީއެސްޖީ) ބަލިކޮށް ޗެލްސީ ތަށިއުފުލާލައިފިއެވެ. މިމެޗު ޗެލްސީއިން ކާމިޔާބުކުރީ 3-0 އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ކޯލް ޕާމާ ވަނީ ދެ ލަނޑު ޖަހާފައެވެ. މިގޯލުތައް ޖަހާފައިވަނީ މެޗުގެ 22 ވަނަ މިނެޓާއި 30 ވަނަ މިނެޓުގައެވެ. މީގެ އިތުރުން ޗެލްސީއަށް އަލަށްގުޅުނު ބްރެޒިލްގެ ފޯވާޑް ޖޯ ޕެޑްރޯވެސް ވަނީ ފުރަތަމަ ހާފުގެ ފަހުފަގުތުކޮޅުގައި އިތުރު ގޯލެއްޖަހާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Screenshot 2025-07-14 033353.png

ޕާމާ ގޯލުޖެހުމަށްފަހު އުފާފާޅުކުރަނީ

މެޗުގައި ދެ ޓީމުގެ ގޯލްކީޕަރުން ވަނީ ފާހަގަކޮށްލެވޭ ޕަފޯމަންސްތަކެއް ދައްކާފަ އެވެ. ޗެލްސީގެ ރޮބާޓް ސަންޗޭޒް ވަނީ ޕީއެސްޖީގެ ގިނަ ހަމަލާތަކެއް ހުއްޓުވައި، މެޗުގެ ނަތީޖާ ހިފެހެއްޓުމަށް މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެހެންމެ، ޕީއެސްޖީގެ ޖިއަންލުއިޖީ ޑޮންނަރުއްމާ ވެސް ވަނީ ޗެލްސީގެ ނުރައްކާތެރި ހަމަލާތަކެއް ހުއްޓުވާފައެވެ.

މެޗުގެ ފަހު މިނެޓުތަކުގައި ޕީއެސްޖީގެ ޖާއޯ ނެވޭސް އަށް ރަތް ކާޑު ދެއްކުމާ ގުޅިގެން، އެ ޓީމަށް މެޗު ނިންމާލަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުންނެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ފައިނަލުގައި ދެ ލަނޑު ޖެހި ޗެލްސީގެ ކޯލް ޕާމާ އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކޫލުންތެރިޔަކަށް ހޮވުނީ ރެއާލް މެޑްރިޑްގެ ގޮންޒާލޯ ގާސިއާއެވެ.

މިކާމިޔާބާއެކު ޗެލްސީން ދެވަނަ ފަހަރަށް ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. ކުރިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 2012 ވަނަ އަހަރު އެވެ. ފީފާއިން މިއަހަރު ވަނީ މުބާރާތުގެ ފޯމެޓް އައު ގޮތަކަށް ބަދަލުކޮށް، 32 ޓީމު ބައިވެރިކޮށްގެން ބޭއްވި ފުރަތަމަ މުބާރާތް ކާމިޔާބުކުރުމުގެ ޝަރަފު ޗެލްސީއަށް ލިބިފަ އެވެ. މިމުބާރާތް އެންމެ ގިނަ ފަހަރަށް ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑުން ވަނީ 5 ފަހަރު ތަށިއުފުލާލާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަޝްރަފް ހަކީމީއަށް އެފްރިކާގެ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑްކުޅިވަރު | 13 ގަޑިއިރު ކުރިންއެމްބާއްޕޭ އާއި ޕީއެސްޖީ މައްސަލައިގެ ހުކުމް ކޯޓުން އަންނަ ޑިސެމްބަރުގައި ކުރަނީކުޅިވަރު | 3 ދުވަސް ކުރިންޓޮޓްނަމް ތާވަލުގެ ދެވަނަ އަށް އެރުން ހުއްޓުވައި، ޗެލްސީި ގަދަ ފަހަކަށްކުޅިވަރު | 19 ދުވަސް ކުރިންޗެލްސީގެ އަމިއްލަ ދަނޑުގައި ފަހަތުން އަރައި އެޓީމު ބަލިކުރުމަށްފަހު، ސަންޑަލޭންޑް ދެވަނައަށްކުޅިވަރު | މަހެއް ކުރިން