logo
Bank of Maldives

Bank of Maldives

ދުނިޔެ

އިންޑިއާގައި ކުއްތާތަކެއް ރޭޕްކުރި މީހަކު ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
12 އޭޕްރީލު 2025 - 12:42
އިންޑިއާގައި ކުއްތާތަކެއް ރޭޕްކުރި މީހަކު ހައްޔަރުކޮށްފި

އިންޑިއާގެ ދިއްލީގެ ޝަހްދަރާ ސަރަހައްދުގެ ކައިލާޝް ނަގަރު އަވަށުން ގިނަ ކުއްތާތަކަކަށް ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިކަމަށް ދިއްލީ ފުލުހުން ހޮނިހިރު ދުވަހު ބުނެފިއެވެ.

ދިއްލީ ފުލުހުންނާއި ހަވާލާދީ އެ ގައުމުގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ތުހުމަތުކުރެވޭ މީހާ ނައުޝާދު ހައްޔަރުކުރެވުނީ ޖަނަވާރުތަކާ ގުޅޭ އެންޖީއޯއަކުން އޭނާއާ ދެކޮޅަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ. ނައުޝާދު އެ އެންޖީއޯއަށް ސަޕްލަޔަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި މީހެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އެ މީހާ ކުއްތާއަކަށް ޖިންސީ ގޯނާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ފެތުރިފައިވެއެވެ. އެ ވީޑިއޯގައި މީހުން އޭނާއަށް ތަޅަމުން، އޭނާ ކިތައް ކުއްތާއަށް ރޭޕްކުރިތޯ އަހާ މަންޒަރު ފެނެއެވެ،" ދިއްލީ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މި މައްސަލައާ ގުޅޭ ވީޑިއޯ ޖަނަވާރުތަކަށް އަޅާލާ އެކްޓިވިސްޓަކު އެކްސް ޕްލެޓްފޯމުގައި ޕޯސްޓްކޮށްފައިވެއެވެ. އެ ވީޑިއޯގައި އެ މީހާ ހައްޔަރުގައި ހުރި މަންޒަރާއި ގިނަ ބަޔަކު އޭނާއަށް ތަޅާ މަންޒަރު ފެނެއެވެ. އެ ވީޑިއޯގައި މީހަކު "ތިބާ ކިތައް ކުއްތާއަށް ރޭޕްކުރިން؟" މިހެން އަހާ އަޑު އިވެއެވެ.

އެ އެކްޓިވިސްޓްގެ ޕޯސްޓް ވަނީ ދިއްލީ ފުލުހުންނާއި، ޗީފް މިނިސްޓަރު ރެކާ ގުޕްތާ އާއި ލެފްޓިނަންޓް ގަވަރނަރުގެ އޮފީހާއި އަދި އެހެނިހެން ގިނަ ސިޔާސީ ލީޑަރުން ޓެގްކޮށްފައެވެ.

އޮފިޝަލުން ބުނާ ގޮތުގައި، އެ އެންޖީއޯއިން ތުހުމަތުކުރަނީ އެ މީހާ މަދުވެގެން 12-13 އަންހެން ކުއްތާއަށް ރޭޕްކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިކަން ސާފުވާނީ މިހާރު ކުރިއަށްދާ ތަހުގީގަށް ފަހުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއާ އިންޑިއާ އިން ޓީއާރްއޯ ގައި ސޮއިކޮށްފިޚަބަރު | 4 ދުވަސް ކުރިންއިންޑިއާގައި މުސްލިމު އަންހެނަކު ތަނބެއްގައި ބަނދެ، މަޖުބޫރުން ރަލާއި ކުޑަކަމުދާ ތަކެތި ބޯންދީ މަރާލައިފިޚަބަރު | 7 ދުވަސް ކުރިންއަނަންތަޕޫރީ ހޮސްޕިޓަލުން، މޯލްޑިވިއަންގެ ޕަސިންޖަރުންނަށް ޑިސްކައުންޓް ލިބޭ ފަހުމުނާމާއެއްޚަބަރު | 14 ދުވަސް ކުރިން ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާންގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރަށް ލައިފިދުނިޔެ | މަހެއް ކުރިން