logo
Bank of Maldives

Bank of Maldives

ދުނިޔެ

އިންޑިޔާގެ މަޝްހޫރު މޮޑެލް އަދި ބަތަލާ ޓްވިޝާގެ މަރުގެ މައްސަލާގައި މައިދައިތަ ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
29 މޭ 2026 - 12:57
މަޝްހީރު މޮޑެލް އަދި ބަތަލާ ޓްވިޝާ
މަޝްހީރު މޮޑެލް އަދި ބަތަލާ ޓްވިޝާ

އިންޑިއާގެ މަޝްހޫރު މޮޑެލް އަދި އެކްޓްރެސް ޓްވިޝާ ޝަރުމާގެ މަރުގެ މައްސަލައިގައި، އޭނާގެ މައިދައިތަ ގިރިބާލާ ސިންގް އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ހައްޔަރުކޮށްފިއެވެ. ރިޓަޔާޑް ފަނޑިޔާރެއް ކަމަށްވާ ގިރިބާލާ ހައްޔަރުކުރީ ސީބީއައި އިން އޭނާއާ ގިނަ ގަޑިއިރުތަކެއް ވަންދެން ސުވާލުކުރުމަށްފަހު ބުރާސްފަތި ދުވަހުއެވެ.

އުމުރުން 33 އަހަރުގެ ޓްވިޝާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ މޭ މަހުގެ 12 ވަނަ ދުވަހު މަދްޔަ ޕްރަދޭޝްގެ ބޯޕާލްގައި ހުންނަ އޭނާގެ ފިރިމީހާގެ ގޭގެ ތެރެއިންނެވެ. ޓްވިޝާ މަރުވިއިރު އޭނާ ކައިވެނިކޮށްގެން އުޅޭތާ ވީ އެންމެ ފަސް މަސް ދުވަހެވެ. މި މައްސަލައިގައި ޓްވިޝާގެ ފިރިމީހާ، ވަކީލު ސަމާތު ސިންގް ވެސް މިހާރު ހުރީ ފުލުހުންގެ ބަންދުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓްވިޝާގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި އޭނާ މަރާލީ ރަންކިޔުމުގެ (ޑައުރީ) މައްސަލައިގައި ކުރި އަނިޔާތަކަށްފަހުގައެވެ. އާއިލާއިން ބުނާ ގޮތުގައި ކައިވެންޏަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރަންކިޔުމުގެ މައްސަލައިގައި ގޯނާކުރަން ފެށި ކަމަށާއި، ޓްވިޝާ ބަލިވެ އިނުމުން އޭނާގެ ފިރިމީހާ އާއި މައިދައިތަ އޭނާގެ އިތުބާރު ނެތްކަމުގެ ތުހުމަތުކޮށް، މަޖުބޫރުން ދަރިވައްޓާލަން ޖެއްސި ކަމަށެވެ. ނަމަވެސް ސިންގްގެ އާއިލާއިން މި ހުރިހާ ތުހުމަތުތަކެއް ދޮގުކުރެއެވެ. އޭނާގެ އާއިލާއިން ބުނަނީ ޓްވިޝާއަކީ ނަފްސާނީ މައްސަލަތަކެއް ހުރި މީހެއް ކަމަށާއި އޭނާ އަމިއްލައަށް މަރުވީ ކަމަށެވެ.

މި މައްސަލަ އިތުރަށް ހޫނުވީ ފުރަތަމަ ހެދި ޕޯސްޓްމޯޓަމް ރިޕޯޓަކީ ފުލުހުން ކަންތައްތަކެއް ފޮރުވަން ހެދި ރިޕޯޓެއް ކަމަށް ޓްވިޝާގެ އާއިލާއިން ބުނުމުންނެވެ. އެހެންކަމުން ދެވަނަ އޮޓޮޕްސީއެއް ހެދުމަށްފަހު އޭނާގެ ހަށިގަނޑު މިދިޔަ އާދިއްތަ ދުވަހު ވަނީ އަންދާލާފައެވެ. މަދްޔަ ޕްރަދޭޝްގެ ހައިކޯޓުން ވަނީ ގިރިބާލާގެ ކަފާލާތު ކުރިން ކެންސަލްކޮށްފައެވެ. ކޯޓުން ބުނި ގޮތުގައި ދަށު ކޯޓުން ވަނީ މުހިންމު ހެކިތަކަކަށް އުނިކަން އަންނަ ގޮތަށް އަމަލުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގައި އަނެއްކާވެސް ރަންކިޔުމުގެ ސަބަބުން އަންހެނުން މަރުވާ މައްސަލަ ވަނީ ބޮޑު ބަހުސަކަށް ވެފައެވެ. އިންޑިއާގައި 1961 ވަނަ އަހަރު ރަންކިޔުން މަނާކޮށްފައި އޮތް ނަމަވެސް، ކޮންމެ އަހަރަކު އެތައް ހާސް އަންހެނުންނެއް މިފަދަ މައްސަލަތަކުގައި މަރާލެވެއެވެ. މި މައްސަލަ މީޑިއާގެ ސަމާލުކަމަށް ބޮޑަށް އައީ މަރުވި ޓްވިޝާއަކީ ކުރީގެ ރީތީގެ ރާނީއެއްގެ އިތުރުން މަޝްހޫރު އެކްޓްރެސްއަކަށް ވެފައި، އޭނާގެ ފިރިމީހާގެ އާއިލާއަކީ ގާނޫނީ ދާއިރާގެ ނުފޫޒުގަދަ ބަޔަކަށް ވާތީއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

'ގޮޑްޒިލާ ވާސަސް ކޮންގް' ގެ ބަތަލާ ކޭލީ ހޮޓްލް އުމުރުން 18 އަހަރުގައި ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެދުނިޔެ | 2 ދުވަސް ކުރިންއިންޑިއާގެ އާރްއޭއެފް އޮފިސަރަކު މުޒާހަރާގެ ބައިވެރިންނަށް ''ކުރަފީ''ގެ ނަމުން މުޚާތަބުކުރުމުން ބޮޑު ހޫނުގަނޑެއްދުނިޔެ | 3 ދުވަސް ކުރިންޝާހްރުކް ޚާންގެ ދީލަތި އެހީއާއެކު 'ދިއޯލް ބޭންޑް 2' ބޮޑު ކާމިޔާބީއެއް ހޯދަނީދުނިޔެ | މަހެއް ކުރިންފައިސާގެ އަގު ދަށްވުމާއި ވިސާގެ ހަރުކަށި އުސޫލުތަކުގެ ސަބަބުން އިންޑިއާ ކިޔަވާ ކުދިން ދެވަނަ ވިސްނުމަކަށްދުނިޔެ | މަހެއް ކުރިން