logo
Bank of Maldives

Bank of Maldives

ދުނިޔެ

ބީޖޭޕީގެ އެމްއެލްއޭއެއްގެ ދަރިފުޅަށް ކައިވެނި ކުރެވުނީ 25 ކައިވެނިކޮށްފައިވާ ކެހިވެރިޔަކާ

މުހައްމަދު މޫސާމުހައްމަދު މޫސާ
10 އޯގަސްޓު 2026 - 05:32
އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ސެވަތާ ދާއިރާގެ ބީޖޭޕީ މެމްބަރ އޮފް ލެޖިސްޓިވް އެސެމްބްލީ (އެމްއެލްއޭ) ގިޔާން އާއި ދަރިފުޅު
އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ސެވަތާ ދާއިރާގެ ބީޖޭޕީ މެމްބަރ އޮފް ލެޖިސްޓިވް އެސެމްބްލީ (އެމްއެލްއޭ) ގިޔާން އާއި ދަރިފުޅު

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ސެވަތާ ދާއިރާގެ ބީޖޭޕީ މެމްބަރ އޮފް ލެޖިސްޓިވް އެސެމްބްލީ (އެމްއެލްއޭ) ގިޔާން ތިވާރީގެ ދަރިފުޅު، މަކަރާއި ހީލަތުން 25 ކައިވެނިކޮށްފައިވާ މީހަކާ ކައިވެނިކުރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިހާރު ވަނީ އަނޫޖް ތުރިވޭދީ އާއި އޭނާގެ ދަރިފުޅު ޕްރަކާރު ތުރިވޭދީ ހައްޔަރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެލްއޭ ގިޔާން ތިވާރީ ރެއުސާ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ، އޭނާގެ ދަރިފުޅު ޕްރަގްޔާ އާއި ޕްރަކާރު ތުރިވޭދީ ކައިވެނިކުރީ 2024 ވަނަ އަހަރު ކަމަށެވެ. ކައިވެނީގެ ވަގުތުގައި ޕްރަކާރުގެ ބައްޕަ އަނޫޖް ތުރިވޭދީ އަކީ މުމްބާއީގައި ފުޅާދާއިރާއެއްގައި ރިއަލް އެސްޓޭޓް ވިޔަފާރިކުރާ މީހެއްގެ ގޮތުގައި ތައާރަފުވެ، އޭނާގެ ޖިނާއީ ކުށްތަކުގެ މާޒީ ސިއްރުކޮށްފައިވާ ކަމަށް ތިވާރީ ތުހުމަތު ކުރެއްވިއެވެ.

ކައިވެންޏަށް ދެ އަހަރާއި ބައި ވީފަހުން، ސޯޝަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތަކުން ލިބުނު މައުލޫމާތުން އެނގުނު ގޮތުގައި، ޕްރަކާރު ވަނީ އިންޑިއާގެ އެކި ސްޓޭޓްތަކުގައި އޮޅުވާލައިގެން 25 އަށްވުރެ ގިނަ ކައިވެނި ކޮށްފައެވެ. އަދި އޭނާ ވަނީ ގިނަ އަދަދެއްގެ އަންހެނުންނަށް އޮޅުވާލައިގެން އެތައް ކްރޯޑް ރުޕީސްއެއް އަތުލާފައިވާ ކަމަށްވެސް ތިވާރީ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ތިވާރީ ވިދާޅުވީ، މި ހާދިސާގެ ސަބަބުން އޭނާގެ އާއިލާއަށް ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށާއި، ރައްޔިތުންގެ މަންދޫބެއްގެ ހައިސިއްޔަތުން އޭނާގެ އަބުރަށްވެސް ވަނީ ހުތުރުވެފައި ކަމަށެވެ. "މިހާރު އަޅުގަނޑު ވާނީ އެ އާއިލާއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލައި، ދަރިފުޅު އަނބުރާ ގެއަށް ގެނެސްފައި،" ތިވާރީ ވިދާޅުވިއެވެ.

ފުލުހުން މިހާރު ވަނީ އަނޫޖް ތުރިވޭދީގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ މައްސަލަ ރެޖިސްޓްރީކޮށް، ތަހުގީގު ފަށާފައެވެ. އެމްއެލްއޭ ތިވާރީ ވަނީ މިކަމުގައި ބައިވެރިވި މީހުންނަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަދަ ބޮޑެތި މަކަރު ހަދާ މީހުންނަށް މަރުގެ އަދަބު ދޭންޖެހެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީޖޭޕީގެ އެމްއެލްއޭއެއްގެ ދަރިފުޅަށް ކައިވެނި ކުރެވުނީ 25 ކައިވެނިކޮށްފައިވާ ކެހިވެރިޔަކާދުނިޔެ | ގަޑިއިރެއް ކުރިންއެންޑްރޫ ޓޭޓްއާ ޓްރަމްޕްގެ ދަރިކަުން ބެރަންގެ ގުޅުން އޮތް ކަމަށް ބުނާ ރިޕޯޓްތަކާ ގުޅިގެން މެލޭނިއާއާއި ޓްރަމްޕަށް ފާޑުކިޔުންދުނިޔެ | 7 ދުވަސް ކުރިންތިން ދަރިން ކަރުގައި ހިފާ މަރާލި ކަމުގެ ތުހުމަތުގައި އިނގިރޭސިވިލާތުގެ މައެއްގެ މައްޗަށް ޝަރީއަތް ފަށައިފިދުނިޔެ | 14 ދުވަސް ކުރިން'ގޮޑްޒިލާ ވާސަސް ކޮންގް' ގެ ބަތަލާ ކޭލީ ހޮޓްލް އުމުރުން 18 އަހަރުގައި ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެދުނިޔެ | 17 ދުވަސް ކުރިން