logo
Bank of Maldives

Bank of Maldives

ދުނިޔެ

ތިން ދަރިން ކަރުގައި ހިފާ މަރާލި ކަމުގެ ތުހުމަތުގައި އިނގިރޭސިވިލާތުގެ މައެއްގެ މައްޗަށް ޝަރީއަތް ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
27 ޖުލައި 2026 - 17:17
އަމިއްލަ ތިން ދަރިން ކަރުގައި ހިފާ މަރާލި ކަމުގެ ތުހުމަތު ކުރެވޭ ލިންޑްސީ ކްލާންސީގެ
އަމިއްލަ ތިން ދަރިން ކަރުގައި ހިފާ މަރާލި ކަމުގެ ތުހުމަތު ކުރެވޭ ލިންޑްސީ ކްލާންސީގެ

އަމިއްލަ ތިން ދަރިން ކަރުގައި ހިފާ މަރާލި ކަމުގެ ތުހުމަތު ކުރެވޭ އިނގިރޭސިވިލާތުގެ ލިންޑްސީ ކްލާންސީގެ މައްޗަށް ކުރާ ޝަރީއަތް ހޯމަ ދުވަހު ފަށައިފިއެވެ.

މިއީ ފަހުގެ ތާރީޚެއްގައި އިނގިރޭސިވިލާތުގައި ހިނގާފައިވާ އެންމެ ހިތާމަވެރި އެއް ހާދިސާއަށް ވާއިރު، މި މައްސަލައިގެ ޝަރީއަތް ކުރިއަށްދަނީ މީގެ ތިން އަހަރު ކުރިން ހިނގި ހާދިސާއާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައިގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ، ކްލާންސީއަކީ ގަސްތުގައި ރާވައިގެން ގާތިލެއްގެ ގޮތުގައި މި އަމަލު ހިންގި މީހެއްތޯ ނުވަތަ އޭނާ އެވަގުތު ހުރީ ކުރާ ނުކުރާ ކަމެއް ނޭނގޭ ފަދަ ނަފްސާނީ ބައްޔެއްގެ ޝިކާރައަކަށް ވެފައިތޯއެވެ.

މެންޗެސްޓަރގެ ޕްރޮސެކިއުޓަރުން ތުހުމަތުކުރާ ގޮތުގައި، ކުރީގެ ނަރުހެއްގެ ގޮތުގައި މަސައްކަތްކުރި ކްލާންސީ މި މަރުތައް ހިންގީ ވަރަށް ބޮޑަށް ރާވައިގެންނެވެ. ޖެނުއަރީ 24، 2023 ގައި ހިނގި މި ހާދިސާގައި، އޭނާގެ ފިރިމީހާ ޕެޓްރިކް ކްލާންސީ ބޭރަށް ފޮނުވާލުމަށްފަހު، ގޭގައި ތިބި ތިން ދަރިން ކަމަށްވާ 5 އަހަރުގެ ކޯރާ، 3 އަހަރުގެ ޑޯސަން އަދި 8 މަހުގެ ކެލަންގެ ކަރުގައި ހިފާ ވަނީ މަރާލާފައެވެ.

Screenshot 2026-07-27 222311.png

ލިންޑްސީ ކްލާންސީގެ ފިރިމީހާ ޕެޓްރިކް ކްލާންސީ އާއި ތިން ދަރިން

 

ނަމަވެސް ދިފާއީ ވަކީލު ކެވިން ރެޑިންގޓަން ވިދާޅުވާ ގޮތުގައި ކްލާންސީ ހުރީ "ޕޯސްޓްޕާޓަމް ފިސޯސިސް" (ވިހެއުމަށްފަހު ދިމާވާ ނަފްސާނީ ބަލީގެ ބާވަތެއް) ގެ ޝިކާރައަކަށް ވެފައެވެ. ދިފާއީ ފަރާތުން ބުނާ ގޮތުގައި އޭނާގެ ނަފްސާނީ ދުޅަހެޔޮކަން ދަށްވަމުން ދިޔުމާ ގުޅިގެން އެތައް މަހެއް ވަންދެން އެހީތެރިކަމަށް އެދިފައިވެއެވެ. ތިންވަނަ ދަރިފުޅު ވިހެއުމަށްފަހު ނިދިނައުމާއި، އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ޚިޔާލުތައް އޭނާއަށް އަންނަމުން ދިޔަ ކަމަށްވެއެވެ.

ޝަރީއަތުގައި ހާމަވި ގޮތުގައި، ކްލާންސީ ވަނީ ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހޮސްޕިޓަލެއްގައި ވެސް އެޑްމިޓްވެފައެވެ. ނަމަވެސް ދޫކޮށްލިތާ 19 ދުވަސް ފަހުން މި ހާދިސާ ވަނީ ހިނގާފައެވެ. ވަކީލު ވިދާޅުވީ، ހާދިސާ ހިނގި ދުވަހު ކްލާންސީއަށް "އިވުނު އަޑުތަކަކުން" ދަރިން މަރާލުމަށްފަހު އަމިއްލައަށް މަރުވުމަށް ބާރުއެޅި ކަމަށެވެ. ދަރިން މަރާލުމަށްފަހު ކްލާންސީ ވަނީ ދެވަނަ ބުރީގެ ކުޑަދޮރަކުން ފުންމާލާފައެވެ. މި ހާދިސާގައި އޭނާގެ އުނަގަނޑުން ތިރި ވަނީ ވާގިނެތިފައެވެ.

Screenshot 2026-07-27 222327.png

ކްލާންސީ ކޯޓުގައި

 

މި ޝަރީއަތް އެތައް ހަފްތާއަކަށް ދެމިގެންދާނެ ކަމަށް ބެލެވޭއިރު، މިއީ މުޅި ދުނިޔޭގެ ސަމާލުކަން ލިބިފައިވާ މައްސަލައެކެވެ. ކްލާންސީގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ނަމަވެސް، ނަފްސާނީ ބަލީގެ ސަބަބުން ޒިންމާ އުފުލަން ނުޖެހޭ ކަމަށް ނިންމައިފިނަމަ، އޭނާ ފޮނުވާނީ ނަފްސާނީ ބަލިމީހުންނަށް ފަރުވާދޭ ދައުލަތުގެ ހޮސްޕިޓަލަކަށެވެ.

މި މައްސަލައާ ގުޅިގެން ނަފްސާނީ ބަލިތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނަނީ، "ޕޯސްޓްޕާޓަމް ފިސޯސިސް" އަކީ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށާއި، މިފަދަ ހާލަތްތަކުގައި މީހުންނަކީ ކުށްވެރިންގެ ބަދަލުގައި ބަލިމީހުންގެ ގޮތުގައި ބަލަންޖެހޭ ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިން ދަރިން ކަރުގައި ހިފާ މަރާލި ކަމުގެ ތުހުމަތުގައި އިނގިރޭސިވިލާތުގެ މައެއްގެ މައްޗަށް ޝަރީއަތް ފަށައިފިދުނިޔެ | 2 ގަޑިއިރު ކުރިން'ގޮޑްޒިލާ ވާސަސް ކޮންގް' ގެ ބަތަލާ ކޭލީ ހޮޓްލް އުމުރުން 18 އަހަރުގައި ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެދުނިޔެ | 3 ދުވަސް ކުރިންއިންޑިއާގެ އާރްއޭއެފް އޮފިސަރަކު މުޒާހަރާގެ ބައިވެރިންނަށް ''ކުރަފީ''ގެ ނަމުން މުޚާތަބުކުރުމުން ބޮޑު ހޫނުގަނޑެއްދުނިޔެ | 4 ދުވަސް ކުރިންޝާހްރުކް ޚާންގެ ދީލަތި އެހީއާއެކު 'ދިއޯލް ބޭންޑް 2' ބޮޑު ކާމިޔާބީއެއް ހޯދަނީދުނިޔެ | މަހެއް ކުރިން