logo
Bank of Maldives

Bank of Maldives

ދުނިޔެ

'ގޮޑްޒިލާ ވާސަސް ކޮންގް' ގެ ބަތަލާ ކޭލީ ހޮޓްލް އުމުރުން 18 އަހަރުގައި ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
24 ޖުލައި 2026 - 12:38
މަޝްހޫރު ފިލްމު "ގޮޑްޒިލާ ވާސަސް ކޮންގް" އިން އާންމުންގެ މަގުބޫލުކަން ހޯދި ބަތަލާ ކޭލީ ހޮޓްލް
މަޝްހޫރު ފިލްމު "ގޮޑްޒިލާ ވާސަސް ކޮންގް" އިން އާންމުންގެ މަގުބޫލުކަން ހޯދި ބަތަލާ ކޭލީ ހޮޓްލް

މަޝްހޫރު ފިލްމު "ގޮޑްޒިލާ ވާސަސް ކޮންގް" އިން އާންމުންގެ މަގުބޫލުކަން ހޯދި ބަތަލާ ކޭލީ ހޮޓްލް، އުމުރުން އެންމެ 18 އަހަރުގައި ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ. މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ޓީއެމްޒީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކޭލީގެ ބައްޕަ ޖޯޝުއާ ހޮޓްލް ވަނީ އެމެރިކަން ސައިން ލޭންގުއޭޖް ބޭނުންކޮށްގެން ދިން ލައިވްސްޓްރީމެއްގައި މި ހާދިސާގެ ތަފްސީލު ހިއްސާކޮށްފައެވެ. އޭނާ ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މޭރީލޭންޑްގައެވެ. އަދި ކޭލީގެ ހަށިގަނޑާ ހަވާލުވުމަށް އޭނާ ޓެކްސަސް އިން އެ ސަރަހައްދަށް ދަތުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖޯޝުއާ ހޮޓްލް އިތުރަށް ކިޔައިދިން ގޮތުގައި، ކޭލީ އެކްސިޑެންޓެއްގައި ބައިވެރިވި ކަމުގެ މައުލޫމާތު އޭނާއަށް ލިބުމުން، އޮފިޝަލުން ފަހުން ވަނީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކޭލީގެ ހިތް ހުއްޓިފައިވާ ކަމަށް އަންގާފައެވެ.

Screenshot 2026-07-24 174140.png

ކޭލީ ހޮޓްލް ފީޗާ ފިލްމަށް ފުރަތަމަ ފަހަރަށް ފެނިގެންދިޔައީ 2021 ވަނަ އަހަރު ރިލީޒްކުރި "ގޮޑްޒިލާ ވްސް ކޮންގް" އިން، އޭގެ ތިން އަހަރު ފަހުން "ގޯޑްޒިލާ އެކްސް ކޮންގް: ދަ ނިއު އެމްޕަޔަރ" ގައި ޖިއާގެ ރޯލު އަލުން ކުޅެފައިވޭ، ފޮޓޯ: ގެޓީ އިމޭޖްސް

 

ވާޖިނިއާއަށް އުފަން ކޭލީއަކީ އާއިލީ ގޮތުންވެސް ބީރު ބޭފުޅުން ތިބޭ އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން އޭނާ ވަނީ ބީރު މީހުންގެ ހައްގުތަކަށް ވަކާލާތުކުރާ އިޝްތިހާރުތަކާއި ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައެވެ. ކޭލީ އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ 2021 ވަނަ އަހަރު ނުކުތް "ގޮޑްޒިލާ ވާސަސް ކޮންގް" ގައި ކުޅުނު 'ޖިއާ' ގެ ރޯލުންނެވެ.

Screenshot 2026-07-24 174325.png

ބަތަލާ ކޭލީ ހޮޓްލް،

 

އޭގެ ތިން އަހަރު ފަހުން، 2024 ވަނަ އަހަރު ނުކުތް "ގޮޑްޒިލާ އެކްސް ކޮންގް: ދަ ނިއު އެމްޕަޔަރ" ގައިވެސް އޭނާ ވަނީ އެ ރޯލު އަދާކޮށްފައެވެ. މި ފިލްމުތަކުގައި ކޮންގް އާއި ޖިއާ އާ ދެމެދު އޮންނަ ހާއްސަ ގުޅުން ދައްކުވައިދިނުމުގައި ކޭލީ ދެއްކި މޮޅު ހުނަރަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވެއެވެ. އަދި މިއީ ހޮލީވުޑްގެ ބޮޑެތި އުފެއްދުންތަކުގައި ބީރު އެކްޓަރުންނަށް ފުރުސަތު ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ކޭލީގެ އެކްޓިން ކެރިއަރު އަދި ކިތަންމެ ކުރީކޮޅުގައި އޮތް ނަމަވެސް، އޭނާގެ މަސައްކަތްތަކާއި ބީރު މީހުންގެ ހައްގުތަކަށް ކުރި ވަކާލާތުގެ ސަބަބުން އޭނާ ވަނީ މުނިފޫހިފިލުވުމުގެ ދާއިރާގައި ފުން އަސަރުތަކެއް ދޫކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީޖޭޕީގެ އެމްއެލްއޭއެއްގެ ދަރިފުޅަށް ކައިވެނި ކުރެވުނީ 25 ކައިވެނިކޮށްފައިވާ ކެހިވެރިޔަކާދުނިޔެ | މަހެއް ކުރިންއެންޑްރޫ ޓޭޓްއާ ޓްރަމްޕްގެ ދަރިކަުން ބެރަންގެ ގުޅުން އޮތް ކަމަށް ބުނާ ރިޕޯޓްތަކާ ގުޅިގެން މެލޭނިއާއާއި ޓްރަމްޕަށް ފާޑުކިޔުންދުނިޔެ | މަހެއް ކުރިންތިން ދަރިން ކަރުގައި ހިފާ މަރާލި ކަމުގެ ތުހުމަތުގައި އިނގިރޭސިވިލާތުގެ މައެއްގެ މައްޗަށް ޝަރީއަތް ފަށައިފިދުނިޔެ | މަހެއް ކުރިން'ގޮޑްޒިލާ ވާސަސް ކޮންގް' ގެ ބަތަލާ ކޭލީ ހޮޓްލް އުމުރުން 18 އަހަރުގައި ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެދުނިޔެ | 2 މަސް ކުރިން