logoEN
ޚަބަރު

އެންމެ ފަހު އަޑުއެހުމަށް މަހާޒްއާއި އަޒްމިރަލްދާ މާދަމާ ޖޭއެސްސީއަށް ހާޒިރުކުރަނީ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

12 އޭޕްރީލު 2025 - 15:49

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ސުލޫކީ މައްސަލައާ ގުޅިގެން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު މާދަމާ ޖޭއެސްސީއަށް ހާޒިރުވުމަށް އަންގައިފިއެވެ.

މި ދެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކުރެވެނީ، ޑރ. އަޒްމިރާލްދާގެ ފިރިކަލުން ހައްޔަރުކުރެވުނު މައްސަލައެއްގައި، އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށެވެ.

މީގެ އިތުރުން، ސުޕްރީމް ކޯޓަށް ލިބެންޖެހޭ މުހިންމު ލިޔެކިޔުންތަކެއް ފޯރުކޮށްދިނުމަށް ދެކޮޅުހެދި ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހުސައިން މުޙައްމަދު ހަނީފު ހާޒިރުކޮށް ޖަވާބުދާރީކުރުވި މަޖިލީހުގައި މި ދެ ފަނޑިޔާރުން ތިބި މައްސަލަވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.

މަޢުލޫމާތުލިބޭ ގޮތުގައި މަހާޒު މާދަމާ ހެނދުނު 9:00 އަށް ޖޭއެސްސީއަށް ހާޒިރުވާން އަންގާފައިވަނީ ޖަވާބުދާރީވުމަށެވެ. އަދި އަޒްމިރަލްދާ ހާޒިރުވާންޖެހެނީ ހެނދުނު 10:00 އަށެވެ. މިއީ މި މައްސަލައިގެ އެންމެ ފަހު އަޑުއެހުންތައް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް

871x217_placeholder