logoEN
ދުނިޔެ

އަނިޔާވެރިކަމަށް އިތުރު ބޮޅެއް: ފެނަށް ދަތިކޮށްގެން މުސްލިމުން މަރަނީ

އާމިނަތު ސަފާއާމިނަތު ސަފާ

12 އޭޕްރީލު 2025 - 16:52

ޣައްޒާގެ ރައްޔިތުން ޝަހީދުކުރާ ވަސީލަތެއްގެ ގޮތުގައި ޔަހޫދީން ބޯފެން ހަދާފައިވާކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އިސްރާއީލުން އަންނަނީ ޣައްޒާގެ އެކި ހިސާބުތަކަށް ފެނުގެ ޚިދުމަތް މެދުކަނޑާލައި، މުހިންމު ފެން ހޮޅިތައް ކަނޑާލައި، ފެން ވަޅުތަކާއި ފެން ސްޓޭޝަންތައް ހަލާކުކޮށް އަދި ފެދި ފެނާއި ނަރުދަމާގެ ވަސީލަތްތައް ހިންގުމަށް ބޭނުންވާ ކަރަންޓާއި ތެލުގެ ސަޕްލައި ކަނޑާލަމުންނެވެ.

ޣައްޒާއަށް ބޯފެންފޮދެއްވެސް ލިބެނީ ޔަހޫދީން ދީގެންކަމަށްވުމާއެކު މިފަހުންވެސް 35,000 ކިއުބިކް މީޓަރަށްވުރެ ގިނަ ފެން ޣައްޒާގެ އިރުމަތީ އަދި މެދު ސަރަޙައްދުގެ ހަތް ލައްކަ އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުންނަށް ފޯރުކޮށްދޭ މައި ދެ ފެން ހޮޅި އިސްރާއީލުން ވަނީ މެދުކަނޑާލާފައެވެ.މީގެ އިތުރުން ޣައްޒާގެ މެދުތެރޭ ސަރަޙައްދުގައި ހުންނަ ދީރުލްބަލަޙްގެ ލޮނުފެން މީރުކުރާ ޕްލާންޓަށް ކަރަންޓު ކަނޑާލައި، މަސައްކަތްވަނީ މުޅިން ހުއްޓުވާލާފައެވެ. މިކަމުގެ ސަބަބުން ޚާންޔޫނިސް ސަރަޙައްދުގެ 800,000 މީހުން ވަނީ ފެނުގެ ދަތިކަމާ ކުރިމަތިލާންޖެހިފައެވެ.އޮކްޓޯބަރު 7، 2023 އިން ފެށިގެން ޔަހޫދީން ހިންގަމުން އަންނަ ގަތުލުއާއްމުގައި ޣައްޒާގެ ފެނާއި ނަރުދަމާގެ 90 އިންސައްތަ އިންފްރާސްޓްރަކްޗަރ ވަނީ ހަލާކުކޮށްލާފައެވެ. އަދި މަރާމާތު ކުރުމަށްވެސް ޔަހޫދީން އަންނަނީ ހުރަސްއަޅަމުންނެވެ. ޣައްޒާގެ އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން ޔަހޫދީން މިހާރުވަނީ ރަފާހު ހިސާރުކޮށްފައެވެެ. ޣައްޒާ ހަނގުރާމައިގައި މިހާތަނަށް 50,912 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވެފައިވާއިރު 115,981 މީހުންވަނީ ޒަޚަމްވެފައެވެ.

ކޮމެންޓް

871x217_placeholder